ENGLISH

01 ޖޫން 2026

Advertisement

ދަމަނަވެށީގެ ހިދުމަތްތައް މިއަދުން ފެށިގެން ލިބޭނީ މާފަންނު އާބަން ސެންޓަރާއި ހުޅުމާލެ ޖީޕީ ކްލިނިކުން

01 ޖޫން 2026

|

އައިމިނަތު ޝަފާ

ދަމަނަވެށީގެ ޚިދުމަތް ދެމުން އަންނަ އިމާރާތް. ފޮޓޯ: މިހާރު

ދަމަނަވެށިން ފޯރުކޮށްދެމުން ގެންދިޔަ ހުރިހާ ހިދުމަތެއް ދެ ތަނަކުން ލިބޭނެ މަގު ފަހިކޮށްދީފައިވާކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ބުނެފި އެވެ.

މާލޭ ސަރަހައްދުގައި ޖީ.ޕީ އަދި އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުތައް ގާއިމުކުރުމަށްޓަކައި، ކުރީގެ ތެލެސީމިއާ ސެންޓަރާއި މިހާރު ދަމަނަވެށީގެ ގޮތުގައި ބޭނުން ކުރާ އިމާރާތް މަރާމާތުކޮށް، އާާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރެއް ތަރައްގީ ކުރުމަށް ވަގުތީ ގޮތުން ދަމަނަވެށި ބަންދުކުރީ މިއަދު އެވެ.

އައިޖީއެމްއެޗުން ބުނީ ދަމަނަވެށިން މިހާރު ދޭ ހިދުމަތްތައް މާފަންނުގައި ހިންގާ އާބަން ޕްރައިމަރީ ހެލްތު ސެންޓަރު އަދި ހުޅުމާލެ 2 ގެ ޖީޕީ ކްލިނިކުން ލިބޭނެ ކަމަށެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް 3335335 އަށް ގުޅުމަށް އައިޖީއެމްއެޗުން އެދިފައިވެއެވެ.

ދަމަނަވެށީގައި މަސައްކަތްކުރަމުން ދިޔަ މުވައްޒަފުން އެ ތަނަށް ބަހާލާފައިވާއިރު ހެންވޭރުގައި އާބަން ޕްރައިމަރީ ހެލްތު ސެންޓަރު ހުޅުވުމަށް ފަހު، ދަމަނަވެށީގެ ހިދުމަތްތައް އެ މަރުކަޒަށް ބަދަލުކުރާނެކަމަށް މީގެ ކުރިން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު