ENGLISH

01 ޖޫން 2026

Advertisement

ސައުތު ރީޖަން ލީގުގެ ޗެމްޕިއަންކަން ގދ. ގައްދުއަށް

01 ޖޫން 2026

|

އިސްމާއިލް ޝާހު

ގައްދޫގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ: ގައްދޫ ރެކްރިއޭޝަން ކުލަބު

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސައުތު ރީޖަން ލީގުގެ ޗެމްޕިއަންކަން ގދ. ގައްދޫން ހޯދައިފިއެވެ.

ސައުތު ރީޖަން ލީގުގެ ޗެމްޕިއަންކަން ގައްްދޫން ހޯދީ އިއްޔެ ހަވީރު ސ. ފޭދޫއާ ދެކޮޅަށް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މިހާތަނަށް ކުޅުނު ފަސް މެޗުންވެސް މޮޅުވެގެންނެވެ.

މިހާތަނަށް ކުޅުނު ފަސް މެޗުންވެސް މޮޅުވެ 15 ޕޮއިންޓް ގައްދޫން ހޯދާފައިވާއިރު، ދެވަނައިގައި އޮތް ލ. ގަމަށް ފަސް މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ސ. ފޭދުއަށް ހަ މެޗުން 5 ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ލ. ކުނަހަންދުއަށް ހަ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މިދިޔަ އަހަރު އަލަށް ތައާރަފުކުރި ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން، ރާއްޖޭގެ ހަތަރު ރީޖަންގެ ޗެމްޕިއަނުން ހިމެނޭހެން ކުރިއަށްދާ ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުން ޖާގަ ހޯދާފައިވާ ޓީމުތަކަކީ؛ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގައްދޫގެ އިތުރުން، ސެންޓްރަލް ރީޖަންގެ ޗެމްޕިއަން ކ. ހުރާ، ނޯތު ރީޖަންގެ ޗެމްޕިއަން ހއ. ދިއްދޫ، މާލެ ރީޖަން (ދެވަނަ ޑިވިޝަން) ގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކުލަބެވެ.

ރީޖަންތަކުގެ ޗެމްޕިއަނުންގެ އިތުރުން ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަނުގައި ދެން ވާދަކުރާނީ ނިމިދިޔަ ސީޒަނުގެ ލީގުގެ ހަތްވަނަ އާއި އަށްވަނަ މަގާމުގައި ނިންމާލި ދެ ޓީމު ކަމަށްވާ ޓީސީ ސްޕޯޓްސް ކުލަބާއި، ކުލަބު ގްރީން ސްޓްރީޓްސްއެވެ. މުޅިއެކު ހަ ޓީމާއެކު ކުރިއަށްދާ ކޮލިފިކޭޝަން ބުރުން އެންމެ ކުރިހޯދާ ހަތަރު ޓީމަކަށް ކުރިއަށް އޮތް ސީޒަނުގެ ލީގުން ޖާގަ ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު