ENGLISH

01 ޖޫން 2026

Advertisement

ތޯރިގާއި އާދަމް ޝަރީފް ސަފީރުކަމަށް އައްޔަނުކުރަން ކޮމިޓީން ރުހުންދީފި

01 ޖޫން 2026

|

އައިމިނަތު ޝަފާ

ޠާރިޤް އިބްރާހީމް އަދި އާދަމް ޝަރީފް

އެކުވެރި ޢަރަބި އިމާރާތް، ޔޫއޭއީއަށް ރާއްޖޭން ކަނޑައަޅާ ސަފީރަކަށް ޠާރިޤް އިބްރާހީމް އަދި ޤަތަރަށް ކަނޑައަޅާ ސަފީރަކަށް އާދަމް ޝަރީފް އުމަރު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ކޮމިޓީން ރުހުންދީފި އެވެ. 

މި ދެ ބޭފުޅުން ސަފީރުކަމަށް އައްޔަން ކުރެއްވުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި، މި ދެބޭފުޅުންނަށް ރުހުން ދިނުމަށް ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދެވެ.

މެމްބަރު ވިދާޅުވީ މި ދެ ބޭފުޅުންނަކީ ތައުލީމީ ގޮތުންނާއި، ތަޖުރިބާގެ ގޮތުން ބަލާއިރު ވަރަށް ގާބިލު ދެ ބޭފުޅުންކަމަށްވާތީ އިތުރު އިންޓަވިއުއަކާ ނުލައި މި ދެ ބޭފުޅުންނަށް ރުހުން ދިނުމަށެވެ. މި ހުށަހެޅުމަށް ކޮމިޓީގެ އެހެން މެންބަރުން ތާއީދުކުރެއްވުމާއެކު، ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ހަ މެންބަރުންގެ އިއްތިފާގުން މި ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ފާސްކުރިއެވެ.   

ޠާރިޤް މީގެ ކުރިން ހުންނެވީ ސަރުކާރުގެ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރުޖކަމުގެ މަގާމުގަ އެވެ. އަދި އާދަމް ޝަރީފް ހުންނެވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރުކަމުގެ މަގާމުގަ އެވެ. 

ކިޔުންތެރިންގެ ހިޔާލު