ENGLISH
01 ޖޫން 2026
މަޖިލީހުގެ ދެވަނަ ދައުރު ފަށައި، ޖަލްސާތައް ހަފްތާއަކަށް މެދުކަނޑާލައިފި
01 ޖޫން 2026
|
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން.
އެންމެ މަޤްބޫލު
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ އަންނަ ހޯމަދުވަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ފަށައި ފުރަތަމަ ޖަލްސާ ބޭއްވީ މިއަދެވެ.
މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 8 ޖޫން ވާ ހޯމަ ދުވަހު ކަމަށެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، އަހަރުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި އޮތުމުން މަޖިލީހުގެ ޖަލްސާ ވަނީ މޭ މަހުގެ ނިޔަލަށް ކުރިއަށްގެންގޮސްފައެވެ.
އަދުގެ ޖަލްސާގައި ވަނީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބުކޮށްފަ އެވެ. އެގޮތުން މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ިއންތިހާބު ކޮށްފައިވަނީ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. ސަލީމް މަޖިލީހުގެ ނައިބުރައީސްކަމަށް އިންތިޚާބުކުރެއްވުމަށް 62 ވޯޓު ލިބިވަޑައިގެންފައިވެއެވެ.