ENGLISH
01 ޖޫން 2026
ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް، ދެކުނަށް ހުދު ސަމާލު ނެރެފި
01 ޖޫން 2026
|
ކަނޑުމަތީގެ ހާދިސާއެއްގައި ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: ފުލުހުންގެ އިދާރާ
އެންމެ މަޤްބޫލު
ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނުގެ ސަރަހައްދަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ހުދު ސަމާލު ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ. އެއީ މިއަދު ހެނދުނު 8:20 އިން ފެށިގެން ހަވީރު 15:00 އާ ހަމައަށެވެ. މި ސަރަހައްދުތަކަށް ވިލާގަނޑުގައި 35 މޭލަށް ވައި ގަދަވާނެކަމަށް ކަމަށް ލަފާކޮށްފައިވެ އެވެ.
މެޓް އިން ބުނެފައިވަނީ ދެކުނުގެ އަތޮޅުތަކުގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އަދި އުތުރާއި މެދު ރާއްޖެތެރެއަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި މި ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިނަމަވެސް އެހެން ހިސާބުތަކުގެ އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާ ކޮށްފައިވެ އެވެ. އަދި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށްވެސް މެޓް އިން ބުނެފައިވެ އެވެ.
ރާއްޖޭގެ ކަނޑުގެ ރާޅުތަކުގެ އުސްމިން ހުންނާނެ ކަމަށް ދެކުނަށް ލަފާކޮށްފައިވަނީ ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދު އެވެ. އަދި އުތުރާއި މެދު ރާއްޖެތެރޭގެ ރާޅުތަކުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓާއި ދެމެދުކަމަށްވެސް ލަފާކޮށްފައިވެ އެވެ.
މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ އެންމެ މޫސުން ގޯސްވާ ދުވަސްވަރެވެ. ކަނޑުމަތީގެ އެކި ހާދިސާތައް މަދުން ނަމަވެސް ދިމާވަމުން އަންނަކަން ފާހަގަކޮށްލަން ޖެހެ އެވެ. އެގޮތުން ދެ މީހުންނާއިއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއް ރޭގެ ވަގުތެއްގައި އެކްސިޑެންޓުވެ، ލޯންޗަށް ބޮޑެތި ގެއްލުންވެ އަދި ދެ މީހުންނަށްވެސް އަނިޔާވެފައިވެ އެވެ.
އެހެންކަމުން ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށާއި، އެ އިދާރާއިން ނެރެމުން އަންނަ މޫސުމުގެ އެލާޓުތަކަށް ވެސް ސަލާލުކަން ދިނުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެ އެވެ.
މޫސުން ގޯސްވުމާއި ގުޅިގެން ކަމާގުޅުން ހުރިހާ އިދާރާތަކުން ވެސް އަންނަނީ، ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ނުވަތަ ގެއްލުން ކުޑަކުރުމަށްޓަކައި، މޫސުމަށް ސަމާލުވުމަށް ނަސޭހަތްތެރިވަމުންނެވެ.