ENGLISH
01 ޖޫން 2026
ލަންކާގެ އިތުރު ހޮސްޕިޓަލްތަކުން އާސަންދަ ހަމަޖައްސަނީ
01 ޖޫން 2026
|
ލަންކާގެ އިތުރު ހޮސްޕިޓަލްތަކުން އާސަންދަ ލިބޭނެގޮތް ހެދުމުގެ މަަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން. ފޮޓޯ؛ސަން.
އެންމެ މަޤްބޫލު
އަވަށްޓެރި ލަންކާގެ އިތުރު ހޮސްޕިޓަލުތަކުން ދިވެހިންނަށް އާސަންދަ ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އާސަންދަ ކުންފުނިން ބުނީ މިވަގުތުވެސް ލަންކާގެ ހަތް ހޮސްޕިޓަލަކުން އާސަންދައިގެ ހިދުމަތް ދެމުން އަންނަކަމަށެވެ.
އޭގެތެރޭގައި ކިންގްސް ހޮސްޕިޓަލް ކޮލަމްބޯ، އަސިރީ ހޮސްޕިޓަލް، އަސިރީ ސާޖިކަލް، އަސިރީ ސެންޓްރަލް ހޮސްޕިޓަލް، ނަވްލޮކާ ކޮލަމްބޯ، ނަވްލޮކާ ނިގަމްބޯ އަދި ދޫރްދާންސް ހޮސްޕިޓަލް ހިމެނެއެވެ.
އާސަންދަ ކުންފުނިން ބުނީ ހިދުމަތް ފުޅާކުރަން އެދިފައިވާ 15 ހޮސްޕިޓަލަކާއެކު މަޝްވަރާތައް ކުރިއަށްދާކަމަށާއި އަދި ހަ ހޮސްޕިޓަލަކާއެކު ހިދުމަތް ދިނުމުގެ އިދާރީ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.
އެ ހޮސްޕިޓަލުތަކުން ހިދުމަތްލިބެން ފެށުމާއެކު ބޭސްފަރުވާއަށް ރާއްޖެއިން ލަންކާއަށް ދާ މީހުންނަށް ލިބެމުން އަންނަ ހިދުމަތްތައް ފުޅާވެ، ފަސޭހަ އިންތިޒާމެއްގެ ބޭސްފަރުވާގެ ކަންކަން ހަމަޖެހިގެންދާނެކަމަށް އާސަންދައިން ބުންޏެވެ.
އާސަންދަ ސްކީމަކީ ދިވެހި ރައްޔިތުންނަށްވެސް އެއްވެސް ލިމިޓެއް ނެތި، އަގުހެޔޮކޮށް އަދި ފަސޭހަކަމާއެކު ސިއްހީ ހިދުމަތްތައް ލިބޭނެ އިންތިޒާމު ފަހިކޮށްދިނުމަށް ސަރުކަރުން ހިންގާ ސްކީމެކެވެ.
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑެއް ނުވަތަ ޕާސްޕޯޓު ކާޑު އޮތް ކޮންމެ ދިވެހި ރައްޔިތަކަށްމެ، ޑޮކްޓަރުން ލަފާދޭ އެންމެހައި ސިއްހީ ޚިދުމަތްތަކެއް އެއްވެސް ފީއަކާ ނުލައި، ސަރުކާރުގެ މަރުކަޒު ތަކުން މި ސްކީމުގެ ދަށުން ހިލޭ ލިބިގެންދާނެއެވެ.
އާސަންދައިން އަހަރެއްގެ މައްޗަށް ތިން ބިލިއަނެއްހާ ރުފިޔާ ބޭސްފަރުވާއަށް ހަރަދުކުރެއެވެ.