ENGLISH
01 ޖޫން 2026
ފެރިދޫ ޕޮލިސް ޕޯސްޓުގެ މަސައްކަތް ނިންމާލައިފި
01 ޖޫން 2026
|
އއ. ފެރިދޫގައި އިމާރާތްކުރި ޕޮލިސް ޕޯސްޓު. - ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
އއ. ފެރިދޫގައި އިމާރާތްކުރާ ޕޮލިސް ޕޯސްޓުގެ އަމަލީ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫއުގެ ދަށުން ފެރިދޫގައި އިމާރާތްކޮށް ފައި ވަނީ އެއް ފަންގިފިލާގެ ޕޮލިސް ޕޯސްޓެކެވެ. އަދި އެމްޓީސީސީ އިން މިހާރު ވަނީ ޕޮލިސް ޕޯސްޓުގައި ފެނާއި، ނަރުދަމާއާއި، ކަރަންޓުގެ މައި ނެޓްވޯކް ގުޅައިދިނުމުގެ މަސައްކަތްތައް ވެސް ނިންމާލައިފައެވެ.
އެމްޓީސީސީން ހާމަކުރިގޮތުގައި އެ ރަށުގެ ރައްޔިތުންނަށް ފުލުހުންގެ ފުރިހަމަ ހިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އެ އިމާރާތުގައި ހުންނާނެއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު އެރަށަށް ކުރެއްވި ދަތުރުފުޅުގައެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.
އެގޮތުން ރައީސް މުޢިއްޒު ވަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް، ގާނޫނު ތަންފީޒުކުރުން ހަރުދަނާކޮށް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.