ENGLISH

01 ޖޫން 2026

Advertisement

ދެ ލޯންޗު ޖެހި އެކްސިޑެންޓްވެ ފަޅުވެރިންނަށް އަނިޔާވެއްޖެ

01 ޖޫން 2026

|

ހަނާން އަހުމަދު ނައީމް

އެކްސިޑެންޓްވި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް- ފޮޓޯ: މެރިން ޕޮލިސް

ދެމީހުން ގޮވައިގެން ދަތުރުކުރަމުންދިޔަ ލޯންޗެއް އެކްސިޑެންޓްވެ ފަޅުވެރިންނަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ދެ‏ މީހުންނާއިއެކު ދަތުރުކުރަމުންދިޔަ "ޓުއަރ ގާރޑް" ނަމަކަށް ކިޔާ ލޯންޗެއް އެކްސިޑެންޓްވެގެން، އެމްއެންޑިއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 5:45 ކަންހާއިރުއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެކްސިޑެންޓްވެ ލޯންޗުގެ ކުރިމަތި ބައި އެއްކޮށް ހަލާކުވުމާއެކު، ލޯންޗުގެ ކެޕްޓަން އެތެރޭގައި ނުނިކުމެވި ތާށިވިއެވެ. އަދި އޭނާގެ ހަޑިގަނޑުގައި ލޭ ފައިބާފައި ހުރި ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

‏މި ހާދިސާގައި ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށް ސީރިއަށް އަނިޔާތަކެއްވެ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ވެސް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު