ENGLISH
01 ޖޫން 2026
ރާއްޖޭގައި މުޅިން އަލަށް "ނެނޯ ނީޑަލް" ބޭނުންކޮށްގެން ސާޖަރީކުރަން ފަށައިފި
01 ޖޫން 2026
|
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް
އެންމެ މަޤްބޫލު
ރާއްޖޭގައި ފުރަތަމަ ފަހަރަށް "ނެނޯ ނީޑަލް" ބޭނުންކޮށްގެން ހުޅުތަކުގެ އެތެރެ ބަލާ އަދި ފަރުވާ ދިނުމަށް ކުރެވޭ ސާޖަރީތައް ކުރަން ފަށައިފިއެވެ.
މި ހިދުމަތްދޭން ރާއްޖޭގައި ފަށާފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަދި ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.
މިއީ މިހާރު އައިޖީއެމްއެޗްގައި ކުރަމުން އަންނަ އާތްރޮސްކޮޕިކް ސާޖަރީތަކަށް ވުރެ ކުޑަ ފެޅުމަކުން ކުރެވޭ ސާޖަރީއެކެވެ.
ސާޖަރީތަކުގައި ބޭނުން ކުރާ ނެނޯ ނީޑަލް ކެމެރާއަކީ އިންޖެކްޝަން ކައްޓެއްހާ ހަނި، ގޮތްގޮތަށް ލަނބާލެވޭ ނީޑަލް ކެމެރާއެކެވެ.
އައިޖީއެމް ހޮސްޕިޓަލުން ބުނީ، ނެނޯ ނީޑްލްގެ ސަބަބުން ވަރަށް ކުޑަ ލޯވަޅަކުން ހުޅުގެ އެތެރެ ބަލައި ދިމާވެފައިވާ މައްސަލަ ދެނަގަތުމަށް ފަސޭހަވާނެ ކަމަށެވެ.
މި ހިދުމަތާއެކު ބަލިމީހާ ސާޖަރީއަށް ފަހު އެއްކޮށް ރަނގަޅުވާން ނަގާ މުއްދަތުވެސް ކުޑަވެގެންދެއެވެ. މިކަމަށް އިޝާރާތް ކުރައްވާ އައިޖީއެމް ހޮސްޕިޓަލުގެ އެނެސްތީޝިއާ ޑިޕާޓްމެންޓް ޑރ. އައްސަދު މުހައްމަދު ޝަހީދު ވިދާޅުވީ މިއީ ސާޖަރީތައް ހެދުމުގައި ގެންގުޅޭ އުކުޅުތަކަށް މިއަންނަ ބަދަލުތަކަކީ އެނެސްތީޝިއާގައި ދޭ ފަރުވާ ވަރަށް ބޮޑަށް ފަސޭހަވެގެންދާ ކަމެއް ކަމަށެވެ. އަދި ހާލު ބޮޑު މީހުންނާއި އިތުރު މައްސަލަތައް ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމުގައި ދިމާވާ ދަތިތަކަށް ހައްލެއް އަންނާނެ ކަމެއް ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ސާޖަރީގެ ފަހުން މިއަންނަ ތަދުތަކާއި ރިހުން ކޮންޓްރޯލް ކުރުމަށާއި ރީހެބިލިޓޭޝަންގެ ބައި ވަރަށް ބޮޑަށް މިކަމުގެ ސަބަބުން އިތުރު ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އައިޖީއެމްއެޗްގައި 4ކޭ ކޮލިޓީގެ ކެމެރާތައް ބޭނުންކުރަން ފަށާފައިވާއިރު، މި ނެނޯ ޓެކްނޮލޮޖީއަކީ ރާއްޖޭގެ ސިއްހީ ހިދުމަތް ދުނިޔޭގެ ފެންވަރަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.