ENGLISH
01 ޖޫން 2026
މަލްޓިލޭޓަރަލް އެކްސަސައިޒް "ޕްރަގަތީ 2026"ގައި އެމްއެންޑީއެފުން ބައިވެރިވެއްޖެ
01 ޖޫން 2026
|
މަލްޓިލޭޓަރަލް އެކްސަސައިޒް "ޕްރަގަތީ 2026" ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްއެންޑީއެފް
އެންމެ މަޤްބޫލު
ޕާޓްނަޝިޕް އޮފް ރީޖަނަލް އަރމީސް ފޯ ގުރޯތު އެންޑް ޓްރާންސްފޯމޭޝަން އިން ދަ އިންޑިއަން އޯޝަން ރީޖަން (ޕްރަގަތީ 2026) މަލްޓިލޭޓަރަލް އެކްސަސައިޒްގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބައިވެރިވެއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ، މި އެކްސަސައިޒް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 18 އިން 31 އަށް އިންޑިއާގެ އުމްރޯއި މިލިޓަރީ ސްޓޭޝަނުގައި ކަމަށެވެ. މި އެކްސަސައިޒްގެ ބޭނުމަކީ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންތަކާއި، ސުލްހަ ބެލެހެއްޓުމުގެ މަސައްކަތްތަކުގެ އިތުރުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ އެކްސަސައިޒެއްކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މަލްޓިލޭޓަރަލް އެކްސަސައިޒް "ޕްރަގަތީ 2026" ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްއެންޑީއެފް
މި އެކްސަސައިޒްގައި އެމްއެންޑީއެފް ސްޕެޝަލް ފޯސަސް، އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަން ގްރޫޕް އަދި އެމްއެންޑީއެފް ސްޕެޝަލް ބޯޓު ސްކޮޑްރަންގެ އިތުރުން އެމްއެންޑީއެފް މެރިން ކޯރގެ ސިފައިން ބައިވެރިވެފައިވެ އެވެ. މި އެކްސަސައިޒް ނިންމާލާފައިވަނީ ބައިވެރިވި ގައުމުތަކުގެ މެދުގައި، ގުޅިގެން މަސައްކަތްކުރުމުގެ ގާބިލުކަން ދައްކުވައިދިން 72 ގަޑިއިރުގެ ވެލިޑޭޝަން އެކްސަސައިޒަކަށް ފަހު އެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި މި އެކްސަސައިޒްގައި 13 ގައުމަކުން 400 އަށްވުރެ ގިނަ ސިފައިން ބައިވެރިވެފައިވެއެވެ.
ދިވެހިރާއްޖެ ހިމެނޭހެން މި އެކްސަސައިޒްގައި އިންޑިއާ، ބޫޓާން، ކެމްބޯޑިއާ، އިންޑޮނޭޝިޔާ، ލާއޯސް، މެލޭޝިޔާ، މިޔަންމާ، ނޭޕާލް، ފިލިޕީންސް، ސީޝެލްސް، ސްރީލަންކާ އަދި ވިއެޓްނާމްގެ ސިފައިން ވަނީ ބައިވެރިވެފައެވެ.