ENGLISH
01 ޖޫން 2026
މިފްކޯއަށް މަސްކިރުވި 22 ދޯންޏަކަށް، ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި
01 ޖޫން 2026
|
މަސްވެރިން މަސްބާނަނީ- ފޮޓޯ؛ ޕީއެސްއެމް
އެންމެ މަޤްބޫލު
ނިމިދިޔަ ހޮނިހިރު ދުވަހު ޖުމްލަ 22 ދޯންޏެއް މަސްކިރުވައި ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ މިއަދު ދޫކޮށްފައިވާ ކަމަށް މިފްކޯ އިން ބުނެފިއެވެ.
ސަރުކާރުގެ މަސްކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 22 އުޅަނދަކަށް 533،283.00 ރުފިޔާ ވަނީ މިއަދު ދޫކޮށްފައެވެ.
މި ފައިސާއަކީ އެ ކުންފުންޏަށް، މި މަހުގެ 30 ވަނަ ދުވަހު ކިރުވި މަހުގެ އަގުގެ ގޮތުގައި ދޫކުރި ފައިސާއެވެ.
މިފްކޯއިން ބުނީ 30 ވަނަ ދުވަހު ކަޅުބިލަމަސް ކިރުވި 15 ދޯންޏަކަށް 172،143 ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ.
ދިހަ ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 16 ދޯންޏަކަށް 32،640 ޖަމާކޮށްފައިވެއެވެ. އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 21 ދޯންޏަކަށް ވަނީ 328،500 ރުފިޔާ ޖަމާކޮށްދީފައެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މި ވައުދުފުޅާ އެއްގޮތަށް ސަރުކާރުން މިހާރު އަންނަނީ މަސްވެރިން، ބާނާ މަހަށް ފައިސާ ދެމުންނެވެ.