ENGLISH

01 ޖޫން 2026

Advertisement

ފިޔާޒާއި ހަސަނުގެ ޝަރީއަތް އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފި

01 ޖޫން 2026

|

އައިމިނަތު ޝަފާ

ފިޔާޒާއި ހަސަނުގެ ޝަރީއަތް އަންނަ ހޯމައިގައި ފަށަން ކޯޓުގައި ވަނީ ތާވަލުކޮށްފައި. ފޮޓޯ؛ އެމްއެމްޓީވީ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި ގަޛުފުގެ ތުހުމަތު އަޅުވައި ޑޮކިއުމަންޓްރީއެއް ގެނެސްދިންކަމުގެ މައްސަލަ ރައްދުވެފައިވާ "އަދަދު" ގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ ޝަރީއަތް އަންނަ ހޯމަދުވަހު ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.

ފިޔާޒާއި ހަސަނުގެ މައްޗަށް ދައުވާ ކުރަނީ "އަދަދު" ނޫހުން ރައީސް ޑރ. މުޢިއްޒު އިސްތަށިފުޅުގައި ގަޛުފުގެ ތުހުމަތު އަޅުވައި ގެނެސްދިން ޑޮކިއުމަންޓްރީއާ ގުޅިގެންނެވެ.

ސިއްރުކޮށްގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި ދެ މީހުންގެ ޝަރީއަތުގެ އަޑުއެހުންތައް ވެސް ފެށުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ 11:00 ގައެވެ.

އެދެމީހުންގެ މައްޗަށް އުފުލި ދައުވާގައި ވަނީ އަދަދު ނޫހުގެ އިސް ދެ މަގާމުގައި ފިޔާޒާއި ހަސަން ތިއްބަވައިގެން ޝާއިއުކުރި އެ ޑޮކިއުމެންޓަރީގައި ރައީސަށް ޤަޛުފުކޮށްފައިވާ ކަމަށެވެ. 

ކްރިމިނަލް ކޯޓުން މީގެ ކުރިން ވަނީ އަދަދު ނޫހުން، ހުތުރު އަދި ޙަޤީޤަތެއް ނެތް ވާހަކަތަކެއް ހިމަނާ ނެރެފައިވާ ވީޑިއޯ ޑޮކިއުމަންޓްރީއާ ގުޅިގެން ޕްރޮސިކިއުޓަރު ޖެނެެެރަލްގެ އޮފީހުން އެ ކޯޓަށް ހުށައެޅި މައްސަލަ ބަލައިގަނެ އަމުރެއް ނެރެފަ އެވެ. ކޯޓުން މިފަދަ އަމުރެއް ނެރުއްވީ އަދަދު ނޫހުގެ އެޑިޓަރ އިން ޗީފް އަދި ސީއީއޯ ޙުސައިން ފިޔާޒް މޫސާ އާއި، އެޑިޓަރ ޙަސަން މުޙައްމަދުގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ޤަޛުފުގެ ކުށުގެ ދަޢުވާ  އެ ކޯޓަށް ހުށައެޅުއްވުމާއި ގުޅިގެންނެވެ.

އެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ "ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ޢަމަލު ނުކުރުމަށް އަންގައި ކުރާ އަމުރު" ނެރުއްވާފައެވެ.

އެ އަމުރުގައި ވަނީ ކޯޓުން އެ މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން އަދަދުގެ ވީޑިއޯ ޑޮކިއުމަންޓްރީ މުޖްތަމަޢުގެ ތެރޭގައި ދައުރު ނުކުރުމަށް އަމުރުކޮށްފައެވެ.

މި އަމުރަށް ބޯނުލަނބާ ނަމަ އެއީ ކޯޓުގެ ޙުރުމަތް ކެނޑުން ކަމުގައި ބެލިދާނެ އަމަލެއް ކަމަށް އަމުރުގައި ވަނީ ބުނެފަ އެވެ. އެހެންނަމަވެސް އަދަދުން އަންނަނީ ކޯޓު އަމުރާވެސް ހިލާފުވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު