ENGLISH

01 ޖޫން 2026

Advertisement

ބިންގާ ޕްރޮގްރާމުގައި ހިމަނައިގެން ދުންފަތުން ލިބޭ ގެއްލުމުގެ މައުލޫމާތު ދެނީ

01 ޖޫން 2026

|

އައިމިނަތު ޝަފާ

ދުންފަތާ ދުރުހެލިކުރުމަށް ގެންދިޔަ ކެމްޕެއިނެއްގެ ތެރެއިން. ފޮޓޯ؛ތައުލީމީ ވުޒާރާ.

ބިންގާ ޕްރޮގްރާމުގައި ހިމަނައިގެން ދުންފަތުން ލިބޭ ގެއްލުމާ ބެހޭ މައުލޫމާތު ދަރިވަރުންނާއި ބެލެނިންވެރިންނާއި މުދައްރިސުންނަށް ދޭން ނިންމާފައިވާ ކަމަށް ތައުލީމާއި މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދު ކުރުމަށް ފަސް އަހަރުގެ ޤައުމީ ކެމްޕެއިނެއް ކުރިއަށް ގެންދަން ސަރުކާރުން ނިންމައި އެކަމާ ބެހޭ މައުލޫމާތު މީޑިއާއާ ހިއްސާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި ޑރ. ޝަފީއު ވިދާޅުވީ، ދުންފަތާ ދުރުވުމަށް ހިންގާ ޤައުމީ ކެމްޕޭނުގައި ތައުލީމީ ދާއިރާގެ ހިއްސާ ވަރަށް ބޮޑު ކަމަށެވެ. ދެހާސް ސައުވީސް ވަނަ އަހަރު ވޭޕް މަނާކުރުމުގެ ވާހަކަ ދެކެވުނުއިރުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އައީ ބެލެނިވެރިންގެ ފަރާތުންކަން ބަޔާންކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެ ވުޒާރާގެ ހެލްތް އެންޑް ސޭފްޓީ ޑިވިޒަންގެ ފަރާތުން 215 ޕީޓީއޭއާ ބައްދަކުރިއިރު ވެސް ދުންފަތުގެ ކަންބޮޑުވުން ނެންގެވީ މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

"މި ބައްދަލުކުރުންތަކުން އެނގިގެން ދިޔައީ ވޭޕް މަނާކުރުމަކީ ކުދިންނާއި ޒުވާނުންގެ ޙައްޤުގައި ނިންމަންޖެހޭ ނިންމުމެއްކަމަށް. އެ ރެކަމެންޑެޝަނާއެކީގައި ރައީސާ ހަމައަށް ގެންދިޔައީ،". ވަޒީރު ވިދާޅުވި އެވެ.

ޑރ. ޝަފީއު ވިދާޅުވީ، މުޖްތަމައުގެ ބައިވެރިވުމާއެކު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ބައިވެރިވެއްޖިއްޔާ ދުންފަތުން ދުރުވާން ހިންގާ ކެމްޕޭނަށް ވަރަށް ބޮޑު ކާމިޔާބެއް ލިބޭނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ، އެ ވުޒާރާއިން ކުރިއަށް ގެންދާ ބިންގާ ޕްރޮގްރާމުގެ ތެރެއަށް ދުންފަތުން ލިބޭ ގެއްލުންތަކުގެ ވާހަކަ އިންޓަގުރޭޓެޑް ކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.

"ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މަދަރުސީ ނިޒާމުގެ ތެރެއިން، ހުރިހާ ސްކޫލެއްގައި ވެސް ދުންފަތުގެ ނުރައްކަލާ އެކަމުގެ ސަބަބުން ލިބޭ ގެއްލުން، އެއީ ހަމައެކަނި ސިއްޙީ ގެއްލުމެއްނޫން. އިޤްތިޞާދީ ގޮތުން އާއިލާތަކަށް ކުރާ ގެއްލުންތައް ހިމެނޭ މައުލޫމާތުތައް ކުދިންނަށް ފޯރުކޮށްދޭނަން. އާއިލާތަކަށް ފޯރުކޮށްދޭނަން. އަދި ބެލެނިވެރިންނަށާއި މުދައްރިސުންނަށް އެވެއާނަސް ޕްރޮގްރާމްތައް ހިންގާނަން،". ވަޒީރު ވިދާޅުވި އެވެ.

ޑރ. ޝަފީއު ވިދާޅުވީ ބޭނުންވަނީ، ދުންފަތާ ބެހޭ މައުލޫމާތު ވަރަށް ފުރިހަމައަށް ލިބިފައިވާ ޤައުމެއްގެ ގޮތުގައި އޮންނަން ކަމަށާއި އެއާއެކު އެ ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދުންފަތާ ދުރުވާން ބޭނުންވާ ފަރާތަކަށް ސިއްޙީ  ނިޒާމު މެދުވެރިކޮށް އެހީތެރިކަން ލިބިގެންދިއުމަށް ކަމަށެވެ.

ދުންފަތުން ޒުވާނުން ދުރުކުރުމަށް "ޖެނެރޭޝަނަލް ބޭން" ތައާރާފުކޮށް އަމަލު ކުރަން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު