ENGLISH
31 މޭ 2026
އިންޓަޕޯލް ސައިބަރ ގޭމްސްގައި ދެ ފުލުހަކު ބައިވެރިވެއްޖެ
31 މޭ 2026
|
އިންޓަޕޯލް އިން އިންތިޒާމްކޮށްގެން ބޭއްވި ސައިބަރ ގޭމްސް ހަރަކާތުގެ ތެރެއިން-- ފޮޓޯ: ފުލުހުންގެ އިދާރާ
އެންމެ މަޤްބޫލު
އިންޓަޕޯލުން އިންތިޒާމުކޮށްގެން ބޭއްވި 8 ވަނަ "ޑިޖިޓަލް ސެކިއުރިޓީ ޗެލެންޖް / ސައިބަރ ގޭމްސް" ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ދެ އޮފިސަރަކު ބައިވެރިވެއްޖެ އެވެ.
މޮރޮކޯގެ މަރަކޭޝްގައި މި މަހުގެ 19 އިން 21 އަށް ބޭއްވި މި ޕްރޮގްރާމަކީ އެކި ގައުމުތަކުގެ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ، ސައިބަރ ކުށްތަކާއި އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ހުއްޓުވުމަށް ބޭނުންވާ އަމަލީ ހުނަރުތައް ތަރައްގީކުރުމަށް ބޭއްވުނު ހަރަކާތެއް ކަމަށް ފުލުހުންގެ އިދާރާއިން ބުނެފައިވެ އެވެ.
ފުލުހުން ބުނީ މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކާ ދެކޮޅަށް ގުޅިގެން އޮޕަރޭޝަންތައް ހިންގުމާއި، އިންޓެލިޖެންސް މައުލޫމާތު ބޭނުންކުރުމާއި، ހެކި ބެލެހެއްޓުމާއި، ތުހުމަތުކުރެވޭ މީހުންނާ ސުވާލުކުރުމުގެ އުކުޅުތަކުގެ އިތުރުން، ޖިނާއީ ތަހުގީގުތަކުގައި ބައިނަލްއަގުވާމީ ގާނޫނީ އެހީތެރިކަން ހޯދާނެ ގޮތްތަކުގެ މައްޗަށް ކަމަށެވެ.
ފުލުހުންގެ ހިދުމަތުން އިތުރަށް ބުނީ، އިންޓަޕޯލް ސައިބަރ ގޭމްސް ފަދަ ބައިނަލްއަގުވާމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމަކީ ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި، ބޭރު ގައުމުތަކުގެ ތަޖުރިބާކާރުންނާއެކު މައުލޫމާތު ބަދަލުކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި މީގެ ސަބަބުން ސައިބަރ ކުށްތަކާއި މަކަރާއި ހީލަތުގެ މައްސަލަތައް ތަހުގީގުކުރުމުގެ ގާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް އެ ހިދުމަތުން ގަބޫލުކުރެ އެވެ.