ENGLISH

31 މޭ 2026

Advertisement

ހުރިހާ އެންމެން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

31 މޭ 2026

|

އައިމިނަތު ޝަފާ

މިއަދު ހެނދުނު 9:00 ގެ ސެޓަލައިޓް ފޮޓޯ. ފޮޓޯ؛ މެޓް އޮފީސް.

ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފި އެވެ. 

އެ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑި އިރުވެސް ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާކަމަށާއި އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ދެކުނު އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް ވެެސް ބުންޏެވެ.

އަދި އުތުރާއި މެދު ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި އެހެން ނަމަވެސް ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދާއިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ފާއިތުވި 24 ގަޑި އިރު އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ލަފާކުރެވިފައިވަނީ ސ. ގަމަށެވެ. އެއީ 106.7 މިލިމީޓަރުގެ ވާރެ އެވެ. ގދ. ކާނޑެއްދުއަށް 102.7 މިލިމީޓަރުގެ ވާރޭވެހުނު ކަމަށް ރެކޯޑުކޮށްފައިވާއިރު ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑުކުރެވިފައިވަނީ ހދ. ހަނިމާދޫއަށެވެ. އެއީ 68.6 މިލިމީޓަރުގެ ވާރެ އެވެ.

ކިޔުންތެރިންގެ ހިޔާލު