ENGLISH

31 މޭ 2026

Advertisement

މިދިޔަ އަހަރު 225 މީހުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލި

31 މޭ 2026

|

އައިމިނަތު ޝަފާ

ތަނެއްގައި ބަހައްޓާފައި ހުރި ސިނގިރޭޓްތަކެއް. --ފޮޓޯ: ހެލްތު މިނިސްޓްރީ

މިދިޔަ އަހަރު 225 މީހުން ދުންފަތުގެ އިސްތިމާލުކުރުން ހުއްޓާލާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ތަންފީޒުކުރަންފެށި އެންމެ މުހިއްމު ކަމަކީ ޖެނެރޭޝަނަލް ބޭން އެވެ. ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް އިޞްލާހު ގެނެސް 2025 ނޮވެމްބަރު އެކަކުން ފެށިގެން ރާއްޖޭގައި ވަނީ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފަށާފަ އެވެ.

ޖެނެރޭޝަނަލް ބޭންއާއެކު 2007 ވަނަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން އުފަންވާ އެންމެންނަށް ދުންފަތް މަނާވާނެ އެވެ. 

އަދި މި ސަރުކާރުން ވަނީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި، ސިނގިރެޓުން ނަގާ ޑިއުޓީ ބޮޑުކޮށް، ރާއްޖޭގައި ވޭޕު ވެސް މަނާކޮށްފަ އެވެ. 

އެޗްޕީއޭއިން "އެމްއެމްޓީވީ"އާ ހިސާކުރި މައުލޫމާތުތަކަށް ބަލާއިރު ނިމިދިޔަ 2025 ވަނަ އަހަރު 225 މީހަކުވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާފަ އެވެ. މީގެ ތެރޭގައި މާލެ ސަރަޙައްދުން ހުއްޓާލި، 187 މީހަކާއި އަތޮޅުތަކުން ހުއްޓާލި 68 މީހެކެވެ. ސެޒޭޝަން ފަރުވާ ހޯދާފައިވާ 1045 މީހުން ތިބިއިރު މީގެތެރޭގައި 982 ފިރިހެނުންނާއި 63 އަންހެނުން ހިމެނެ އެވެ. މީގެތެރެއިން 580 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވަނީ މާލެ ސަރަހައްދުގަ އެވެ.

ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި ދުންފަތުގެ މައްސަލަ ހައްލުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވެއެވެ. އެގޮތުން 2024 ވަނަ އަހަރުގެ ފަހުކޮޅު ދުންފަތާ ބެހޭ ގާނޫނު އިސްލާހުކޮށް ޑިސެންބަރު 14، 2024 ވަނަ ދުވަހުން ފެށިގެން ވޭޕު އެތެރެކުރުމާއި ބޭނުންކުރުމާއި ވިއްކުން ރާއްޖޭގައި މަނާކުރެވުނެވެ. 

އޭގެ އިތުރަށް ދުންފަތުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ތެރެއިން 2007 ވަނަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހާ ހަމައިން ފެށިގެން އުފަންވި އަދި އުފަންވާ އެންމެނަށް ދުންފަތް ވިއްކުމާއި އެ އެންމެން ދުންފަތް ބޭނުންކުރުން އެއްކޮށް މަނާކޮށް ދުނިޔޭގެ ތާރީހުން ރާއްޖެއަށް ހާއްސަ ޖާގައެއް ކަށަވަރުކުރެވުނެވެ. އެއީ ދުނިޔޭގައިވެސް ދުންފަތް ޖީލުތަކަކަށް މަނާކުރުމުގެ ސިޔާސަތު ތަންފީޒުކުރާ ފުރަތަމަ ގައުމަށްވުމުގެ ޝަރަފުވެރި ޖާގައެވެ. 

ކިޔުންތެރިންގެ ހިޔާލު