ENGLISH

30 މޭ 2026

Advertisement

މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ މާދަމާ ހެނދުނު 09:00 ގައި

30 މޭ 2026

|

އައިމިނަތު ޝަފާ

ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް.

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމު ވަކިކުރުމުގެ ވޯޓު ނެގުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ މާދަމާ ހެނދުނު 09:00 ގައި ބޭއްވުމަށް ތާވަލުކޮށްފި އެވެ.

މި ޖަލްސާގެ އެޖެންޑާގައި ހަމައެކަނި އޮތީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އަހުމަދު ނާޒިމް ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ. 

މަޖިލީހުގެ އާއްމު ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި، މަޖިލީހުގެ ނައިބުރައީސްކަމުން ނާޒިމު ވަކިކުރުމުގެ މައްސަލަ ކުރިއަށްގެންދާނެ ގޮތް ކަނޑައަޅާފައިވަނީ ފާއިތުވި ހަފުތާގައެވެ. އެ ކޮމިޓީން ކަނޑައެޅީ މުޅި މައްސަލައަށް އެއް ގަޑިއިރުގެ ވަގުތެއް ކަނޑައަޅައި މެންބަރުން ވާހަކަދެއްކުމަށް 50 މިނިޓު ހާއްސަކުރުމާއެކު ޖަވާބުދާރީވެވަޑައިގަތުމަށް ނާޒިމަށް 10 މިނިޓުގެ ވަގުތެއް ދިނުމަށެވެ. 

މަޖިލީހުގެ ނައިބުރައީސްކަމުން ނާޒިމު ވަކިކުރުމަށް މަޖިލީހުގައި އަޣުލަބިއްޔަތު އޮތް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމަަންޓަރީ ގުރޫޕުން ފާސްކުރީ މޭ މަހުގެ 13 ވަނަ ދުވަހު ބޭއްވި އެ ގުރޫޕުގެ ބައްދަލުވުމެއްގައެވެ. 

ނާޒިމު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުން ފާސްކުރީ ނާޒިމުގެ މައްޗަށް އިތުބާރު ނެތުމުންނެވެ. އަދި އެ ނިންމުމާ ގުޅިގެން މޭ މަހުގެ 14 ވަނަ ދުވަހު އޭނާ މަގާމުން ވަކިކުރުމަށް 73 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅިއެވެ. 

މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުން މަޖިލީހުގެ ނައިބުރައީސް މަގާމުން ވަކިކުރުމަށް ބޭނުންވަނީ އެ މައްސަލަަ ކުރިއަށްގެންދާ ޖަލްސާގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތު ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު