ENGLISH
30 މޭ 2026
މަރުހޫމް އަބްދުލްޢަޒީޒު މުހައްމަދުގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
30 މޭ 2026
|
އެންމެ މަޤްބޫލު
އަބްދުލްއަޒީޒު މުހައްމަދު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އަބްދުލްއަޒީޒު މުހައްމަދު އަވަހާރަވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ތައުޒިޔާގެ މެސެޖުގައި ރައީސް ވިދާޅުވީ ފުވައްމުލައްސިޓީ، ފުނާޑު، ރިޔާޒް (ހުސްނުހީނާގެ)، އަލްމަރްޙޫމް ޢަބްދުލްޢަޒީޒް މުޙައްމަދަކީ، ޚިދުމަތްތެރި ތަޢުލީމީ ޢާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ، ހުނަރުވެރި ކުޅަދާނަ ބޭފުޅެއް ކަމަށެވެ.
ވަކީން ޚާއްޞަކޮށް، 1960 ގެ އަހަރުތަކުގައި، އައްޑޫ ނޫރާނީ ސްކޫލުގައި އިނގިރޭސިބަހުގެ ޓީޗަރެއްގެ ގޮތުގައި އެތައް ކުއްޖަކަށް އުނގަންނައިދެއްވުމާއި އޭގެފަހުން ކަނޑުދަތުރުފަތުރުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު ކުރެއްވި މަސައްކަތް ރައީސް ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ މަރްޙޫމް ޢަބްދުލްޢަޒީޒް މުޙައްމަދަޚި ކާގޯ ބޯޓުފަހަރުގެ ކެޕްޓަނެއްގެ ގޮތުގައި ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުކުރެއްވުމުގައި ދިގުމުއްދަތެއް ހޭދަކުރެއްވި ބޭފުޅެއްކަމަށެވެ.
މަރްޙޫމް ޢަބްދުލްޢަޒީޒް މުޙައްމަދު ވަކިވެގެންދިއުމަކީ ތަޖުރިބާކާރު ހަރުދަނާ ޝަޚްޞިއްޔަތެއް ގެއްލިދިޔުންކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނުގެ މެސެޖު ނިންމަވާލެއްވީ ހިތާމައިގެ މި ދަނޑިވަޅުގައި، މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެ މަރުޙޫމް މާތްﷲގެ ރުއްސެވުމާއި ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެއްވުން އެދި ދުޢާ ދަންނަވަމުން ނެވެ.