ENGLISH

28 މޭ 2026

Advertisement

ފަސް އެޕާޓްމެންޓެއް ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާއެކު ހަތަރު މީހުން ހައްޔަރުކޮށްފި

28 މޭ 2026

|

ހަނާން އަހުމަދު ނައީމް

ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުން- ފޮޓޯ: ޕޮލިސް

ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލެއާއި ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި އޮޕަރޭޝަނަކީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި، މުތީހައުސް އަޙްމަދު ޖިނާޙު (43އ)، ހއ. ހޯރަފުށި، ސައިމާގެ އަޙްމަދު ސަޢީދު (28އ)، ގދ. މަޑަވެލި، ހައުސްޓަން މުޙައްމަދު އަނޫފް ޢަލީ (27އ)، އާއި ގދ. ހޯޑެއްދޫ، އަބުމާގެ އަޙްމަދު މަޢީޝް ރަޝީދު (28އ)އެވެ.

ފުލުހުން ބުނި ގޮތުގައި މި އެންމެންނަކީވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި މީހުންނެވެ.

ފުލުހުން ބުނި ގޮތުގައި މި މެއި މަހުގެ 25 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި މާލެއާއި ހުޅުމާލެ ހިމެނޭގޮތަށް ޖުމްލަ ފަސް އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވެއެވެ.

މީގެ އިތުރުން، މި ބަލައި ފާސްކުރުމުގެ ތެރެއިން 100.09 ގުރާމުގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހޯދާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ޖިނާޙު އާއި އަޙްމަދު ސަޢީދު 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މުޙައްމަދު އަނޫފް ޢަލީ އާއި އަޙްމަދު މަޢީޝް ރަޝީދު ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ ފަސްދުވަހުގެ މުއްދަތެއް ދީފައެވެ.

ފުލުހުން މިހާރު ގެންދަނީ މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު