ENGLISH

27 މޭ 2026

Advertisement

ކަރަންޓު ޖެހި ފިހުނު ކުއްޖަކަށް އައިޖީއެމްއެޗްގައި ފަރުވާދެނީ

27 މޭ 2026

|

ހަނާން އަހުމަދު ނައީމް

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް

ކަރަންޓުގައި ޖެހި ސީރިއަސް އަނިޔާތަކެއް ލިބުނު ކުޑަ ފިރިިހެން ކުއްޖަކަށް މާލޭގެ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާދޭން ފަށައިފިއެވެ.

އީދަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދިޔަ މަސައްކަތެއްގެ ތެރޭގައި ކަރަންޓު ޖެހުނީ ލ. ގަމު 14 އަހަރުގެ ކުއްޖަކަށެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި މަގުމަތީގައި ހުރި ކަރަންޓު ފޮއްޓަކުން ބޯޑު ވާގަނޑަކަށް ކަރަންޓު ނަގަން އުޅުމުގެ ތެރޭގައެވެ.

ހާދިސާ ހިނގި ވަގުތުން ފެށިގެން އެކުއްޖާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ.

ނަމަވެސް، ކުއްޖާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވުމާ ގުޅިގެން، ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިއަދު މެންދުރުގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފައެވެ.

މިހާރު އެކުއްޖާއަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗް އެމަޖެންސީ ރޫމުގައެވެ. 

އައިޖީއެމްއެޗްގެ އޮފިޝަލުން މައުލޫމާތު ދިން ގޮތުގައި އެ ކުއްޖާ މާލެ ގެނައުމުގެ ކުރިންވެސް އެ ހޮސްޕިޓަލުން ފަރުވާދިނުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު