ENGLISH
26 މޭ 2026
"ފުޓްބޯޅައިގެ އަސްލު މަޤާމަށް ގެންގޮސްދިނުމުގައި ސަރުކާރުން ދެއްވާ އެހީތެރިކަމަށް ޝުކުރުވެރިވަން"
25 މޭ 2026
އެންމެ މަޤްބޫލު
ދިވެހި ފުޓްބޯޅައިގެ ޙަޤީޤީ މަޤާމަށް ގެންގޮސްދިނުމުގައި އަދުގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތްޕުޅަށް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށާއި، ސަރުކާރަށް ޝުކުރު ދަންނަވައިފިއެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓެއް ރިޕޯސްޓް ކުރައްވައި، އެފްއޭއެމްގެ ރައީސް ޠާރިޤު ވިދާޅުވީ، އެފްއޭއެމްއާއެކު ސަރުކާރުން އަންނަނީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމުގައި މުހިއްމު ބައިވެރިއެއްގެ ގޮތުގައި މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ.
މިފަދަ މުހިއްމު ޒިންމާއެއް ނަންގަވައި، ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށާއި، ދިވެހި ފުޓްބޯޅަ އޭގެ ޙަޤީޤީ މަޤާމަށް ގެންގޮސްދިނުމުގައި ސަރުކާރުން މެދުކެނޑުމެއްނެތި ދެއްވަމުންގެންދަވާ އެއްބާރުލުމަށްޓަކައި އެފްއޭއެމްގެ ނަމުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށާއި ސަރުކާރަށް އިޙްލާސްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމުގައި ޠާރިޤު ވިދާޅުވިއެވެ.
ދުނިޔޭގެ ފުޓްބޯޅަ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފުޓްބޯޅައިގެ ވަސީލަތްތައް ތަރައްޤީކޮށް، ކުރިއަރުވައި، ފީފާގެ މިންގަނޑުތަކަށް ފެތޭ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ އިތުރުން، އެ ކުޅިވަރުގެ ތަރައްޤީ މުޅި ރާއްޖެއަށް ލާމަރުކަޒީ ކުރުމަށްޓަކައި ކުޅިވަރުގެ ޤާނޫނަށް އިސްލާހު ގެނައުން ފަދަ މުހިންމު ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.
ރާއްޖޭގައި ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތްތައް ބޭއްވުމަށް މަގުފަހިކުރުމާއި، ކުޅިވަރުގެ ސަގާފަތް ދިރުވައި އާލާކޮށް، ދިވެހި ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި ފުރުޞަތުތައް ތަނަވަސްކޮށްދިނުމަކީ އަދުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަންކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.