ENGLISH
26 މޭ 2026
ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވި ފުލުހުންނާ ވަޒީރު އިހުސާން ބައްދަލުކުރައްވައިފި
25 މޭ 2026
|
ފުލުހުންނާ ވަޒީރު އިހުސާން ބައްދަލުކުރެއްވުން
އެންމެ މަޤްބޫލު
ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑުގެ ހޮހަޅައަށް ގެއެްލުނު އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށްގެންދިޔަ ސާޗް އޮޕަރޭޝަނުގައި ހަރަކާތްތެރިވި ފުލުހުންގެ ޑައިވަރުންގެ ޓީމާ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ވަޒީރުގެ އިތުރުން، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޕޮލިސް ކޮމިޝަނަރުގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ވަޒީރު އިހުސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި ވަނީ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންކުރި ބުރަ މަސައްކަތް ފާހަގަކުރައްވައި، އަގުވަޒަންކޮށް، މަސައްކަތުގައި ދެއްކި ހިތްވަރަށް ސާބަސް ދެއްވާފައެވެ.
މީގެ އިތުރުން، އާންމު ރައްޔިތުންނަށް ހިދުމަތްކުރުމާއި، ފުލުހުންގެ ގާނޫނީ ވާޖިބުއަދާކުރުމުގައި ސާބިތުކަމާއެކު ދެމިތިބުމަށް ހިތްވަރުދެއްވާފައިވެއެވެ.