ENGLISH

25 މޭ 2026

Advertisement

މީރާއަށް ނުލިބިހުރި ފައިސާގެ ތެރެއިން 543 މިލިޔަން ރުފިޔާ ހޯދައިފި

25 މޭ 2026

|

އައިމިނަތު ޝަފާ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ

ދައުލަތަށް ނުލިބިހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މިދިޔަމަހު 543 މިލިޔަން ރުފިޔާ ހޯދާފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ(މީރާ)އިން ހާމަކޮށްފި އެވެ.

މީރާއިން ބުނެފައިވާ ގޮތުން ދައުލަތަށް އެކި ގޮތްގޮތުން ލިބެންޖެހި ނުލިބި ހުރި ފައިސާ ހޯދުމަށް އެ އިދާރާއިން ކޮންމެ އަހަރަކުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ. އެގޮތުން ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ހަނދާންކޮށްދިނުމާއި ފައިސާ ދެއްކުމުގައި ދަތިތައް ކުރިމަތިވެފައިވާ ފަރާތްތަކާއެކު އެއްބަސްވުންތައް ގާއިމުކޮށް ފައިސާ ދެއްކުމުގައި ލުއި ގޮތްތައް ހަމަޖައްސައިދެމުންދެއެވެ. 

މީރާގެ އެޕްރީލް މަހުގެ މާލީ ރިޕޯޓުގައިވާގޮތުން ނުލިބިހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން އޭޕްރީލްމަހު މީރާއިން ޖުމްލަ 543 ބިލިއަން ރުފިޔާ ހޯދިއެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 372 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 96 މިލިއަން ރުފިޔާ ހޯދައިފައި ވެއެވެ.

ހަމައެއާއެކު އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 64 މިލިއަން ރުފިޔާ، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން ފަސް މިލިއަން ރުފިޔާއާއި އެކްޝަން ޕޮލިސީގެ ދަށުން ހަތަރު މިލިއަން ރުފިޔާ ހޯދާފައިވެއެވެ.

ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމަށް އެ އޮތޯރިޓީން ގެންގުޅޭ އުސޫލުގެ ދަށުން، މިދިޔަ މަހުވެސް ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އިންކަމް ޓެކުހާއި، ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ ބަޔާން ހުށަނާޅާ 48 ފަރާތެއްގެ ނަން މިރާއިން އާންމުކުރިއެވެ.  އެ ލިސްޓުގައި ހިމެނެނީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކެވެ.

ކިޔުންތެރިންގެ ހިޔާލު