ENGLISH
25 މޭ 2026
ހުރިހާ ދިވެހި ޙައްޖުވެރިން މިހާރު ތިބީ މިނާގައި، އެންމެންގެ ހާލު ރަނގަޅު
25 މޭ 2026
|
ހައްޖުވެރިން މިނާގައި-- ފޮޓޯ: ދިވެހި ހައްޖު މިޝަން
އެންމެ މަޤްބޫލު
ދިވެހި ހުރިހާ ހައްޖުވެރިން މިހާރު ތިބީ މިނާގައި ކަމަށް ހައްޖު މިޝަންއިން ބުނެފި އެވެ.
ދިވެހި ހައްޖުވެރިން މިނާއަށް ދަތުރު ފަށާފައިވަނީ ރޭގެ ވަގުތެއްގަ އެވެ. ހައްޖު މިޝަންއިން ބުނީ، ހުރިހާ ހައްޖުވެރިންވެސް ރައްކާތެރިކަމާއެކު މިހާރު މިނާއަށް ދެވިފައިވާ ކަމަށެވެ. އަދި އަރަފާތު ބިމަށް ދިއުމަށް މިރޭ ދަތުރު ފަށާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ހައްޖު މިޝަންގެ ވެރިޔާ އައްޝައިޚް އިމްތިތާއު އައްބާސް ވިދާޅުވީ، ދިވެހި ހުރިހާ ހައްޖެވެރިންނަަށް މިނާއަށް އާދެވިފައިވާ ކަމަށާއި، ހުރިހާ ހައްޖާޖީންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި ހާޖީންގެ ހައްޖުގެ އަޅުކަން މިހާރު ފެށިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ހައްޖުވެރިން މިނާގައި-- ފޮޓޯ: ދިވެހި ހައްޖު މިޝަން
އިތުރަށް އިމްތިތާއު ވިދާޅުވީ، ހައްޖު މިޝަންގެ ފަރާތުން އެ ބޭފުޅުންގެ ހައްޖުގެ މަނާސިކުތައް އަދާ ކުރުމަށްޓަކައި ދޭން ޖެހޭ ހުރިހާ އެއްބާރުލެއް ދެމުން އަންނަ ކަމަށެވެ. އަދި ހައްޖުވެރިންގެ ހުރިހާ ކަމެއްވެސް ވަރަށް ގާތުން ބައްލަވަމުންދާކަމަށް ވިދާޅުވިއެވެ.
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ދިވެހި ތާރީހުގައި ވެސް ދިވެހި ހާޖީންނަށް ލިބޭނެ އެންމެ މަތީ ޚިދުމަތާއި އެހީތެރިކަން ހައްޖު ކޯޕަރޭޝަނުން އަންނަނީ ދެމުން ކަމަށެވެ. މީގެ އިތުރުން ވަޒީރު ފާހަގަކުރެއްވީ މިނާއާއި އަރަފާތުގެ ހުރިހާ އިންތިޒާމްތަކެއްވެސް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ހައްޖު މިޝަނުން އަންނަނީ ހާޖީންގެ ކަންކަން ވަރަށް ގާތުން ބަލަމުން ކަމަށާއި، ދިވެހި ސަރުކާރުން އަބަދު ވެސް ހާޖީންނަށް ބޭނުންވާ އެންމެ ފުރިހަމަ ހިދުމަތް ދިނުމުގައި ދެމި އޮންނާނެ ކަމަށެވެ.