ENGLISH

20 އޭޕްރީލު 2025

Advertisement

ބިންވެރިޔާ ސްކީމަކީ ބޮޑު ސްކޭމެއް: އެމް.ޕީ އަބްދުﷲ ރިފާޢު

21 ޑިސެމްބަރު 2024

|

ފަޒީލް ޢަބްދުލް ލަތީފު

އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގެ ތެރެއިން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާޢު-- ފޮޓޯ: އެމް.އެމް

ދައުރު ނިމެން އުޅެނިކޮށް އެމް.ޑީ.ޕީ ސަރުކާރުން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމަކީ ސްކޭމެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާޢު ވިދާޅުވެއްޖެއެވެ.

އެމް.އެމް.ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު ރިފާޢު ފާހަގަކުރެއްވި ގޮތުގައި، ގޯތި ދިނުމުގައި ވަކިބަޔަކަށް ފުރުސަތު ފަހިވާގޮތަށް ނިމިދިޔަ ސަރުކާރުން އެތައް ޖަރީމާއެއް ހިންގާފައިވެއެވެ. އަދި އޭރުގެ ހައުސިންގ މިނިސްޓަރުގެ ބައިވެރިވުން މިކަމުގައި ވަރަށް ބޮޑަށް އޮތްކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"ރާއްޖޭގެ ޤާނޫނުތައް ހުރި ގޮތުން ހައުސިންގ މިނިސްޓްރީއަށް އެގޮތަކަށް ރަޖިސްޓްރީއެއް ނުދެވޭނެ. ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުން ގޯތީގެ ރަޖިސްޓްރީ ހަދައިދިނުމަކީ ކައުންސިލުތަކުން ކުރަަންޖެހޭ ކަމެއް.. އެހެން ނަމަވެސް އެ ބާރުވެސް ވަގުތީ ގޮތުން އަކުރަމް ކަމާލުއްދީން އަތަށް ނަގައިގެން އެ ބޭފުޅުން މުޅި އެތި އަނބުރާފަ އޮތީ. އެހެންވީމަ މިއީ ޙަޤީޤަތުގައިވެސް މިރާއްޖޭގެ ތާރީޚުގައި ހިންގާފަވާ އެންމެ ބޮޑު އެއް ސްކޭމް" - މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާޢު 

ބިންވެރިޔާ ސްކީމަކީ ފެށުނީއްސުރެ އޭގައި ކޮރަޕްޝަން އެކުލެވިގެންވާ ކަމެއް ކަަމަށްވެސް އެމް.ޕީ ރިފާޢު ތުހުމަތުކުރެއްވިއެވެ. ސްކީމް އިޢުލާން ކުރީއްސުރެ މައްސަލަތައް ފެންމަތިވަމުން ދިޔަކަން ރޭގެ ޕްރޮގްރާމުގައި އޭނާ ފާހަގަކުރެއްވިއެވެ. 

"އަޅުގަނޑުމެންނަށް ފާހަގަވެގެން ދިޔައީ، އެންމެ ފުރަތަމަ ގޯއްޗަށް އިއުލާނު ކުރެވިގެން ދިޔަ އިރު، މާކްސް ދޭނެ އެއްވެސް އުސޫލެއް ގާއިމުކޮށްފަ ނެތްކަން. މިއީ އެންމެ ފުރަތަމަ އޭގައި ކޮރަޕްޝަނަށް މަގުފަހިވާން އޮތް އެންމެ ބޮޑު އަސްލު." - މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާޢު

އެމް.ޑީ.ޕީގެ ނިމިދިޔަ ދައުރަކީ މިރާއްޖެ އެންމެ އެންމެ ބޮޑަށް ދަރުވާލި ފަސް އަހަރު ކަމަށާއި އަދި ރައްޔިތުންގެ ފައިސާ އިން ވައްކަންކުރުމުގެ ރެކޯޑެއް ވެސް އެމް.ޑީ.ޕީގެ ނިމިދިޔަ ދައުރުގައި ޤާއިމުކޮށްފައިވާ ވާކަމަށްވެސް ރިފާޢު ވިދާޅުވިއެވެ. އަދި ވައްކަން ކުރި މީހުން ޤާނޫނުގެ ކުރިމަށްޗަށް ގެނެސް، ޙައްޤުވާ އަދަބު މި ސަރުކާރުން ދޭނެކަމުގެ ޔަގީންކަންވެސް އެމް.ޕީ ޢަބްދުﷲ ރިފާޢު ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު