ENGLISH

25 މޭ 2026

Advertisement

ލަންކާގައި ކުރިއަށްދިޔަ މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ތަށި ރާއްޖެއިން ދިފާއުކޮށްފި

25 މޭ 2026

މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ތަށި ދިފާއުކުރި ރާއްޖޭގެ ޓީމު ---

ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި ކުރިއަށްދިޔަ "12 ވަނަ މާސްޓާރސް އެނުއަލް އެތުލެޓިކްސް ޗެމްޕިއަންޝިޕް 2026" ގެ ޗެމްޕިއަންކަން ރާއްޖޭގެ މާސްޓާރސް އެތުލެޓިކްސް ޓީމުން ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދިއިރު، މިދިޔަ އަހަރުގެ މުބާރާތްވެސް ކާމިޔާބުކުރީ ރާއްޖެއިންނެވެ. މި މަހުގެ 23-25 އަށް ކޮލޮމްބޯގެ ސުގަތަދާސާ ސްޓޭޑިއަމްގައި ކުރިއަށްދިޔަ މުބާރާތުގައި ރާއްޖެ، އިންޑީއާ އަދި ލަންކާއިން ޖުމްލަ 660 އެތުލީޓުން ވަނީ ވާދަކޮށްފައެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރީ 10 އެތުލީޓެކެވެ. އެއީ ފިރިހެން 6 އެތުލީޓުން އަދި އަންހެން 4 އެތުލީޓުންނެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދާފައިވަނީ 21 މެޑެއްޔާއެކުއެވެ. އެއީ 6 ރަން މެޑެލް، 8 ރިހި މެޑެލް އަދި 7 ލޯ މެޑެއްޔެވެ.

މި މުބާރާތުން ރާއްޖެއަށް ލިބުނު ރަން މެޑެލްތައް:

  • ފިރިހެނުންގެ 35 އަހަރުން މަތީގެ އުމުރުފުރާގައި ވާދަކުރި މުޙައްމަދު ރަޝީދު (މޯޑް) - 1500 މީޓަރު ދުވުމުން ރަން މެޑެލް
  • އަންހެނުންގެ 45 އަހަރުން މަތީގެ އުމުރުފުރާގައި ވާދަކުރި ހުސްނާ މުޙައްމަދު (ހުސީ) - 800 މީޓަރު ދުވުމުން ރަން މެޑެލް
  • އަންހެނުންގެ 45 އަހަރުން މަތީގެ އުމުރުފުރާގައި ވާދަކުރި ފާތިމަތު ޝަމްހާ - 5000 މީޓަރު ދުވުމުން ރަން މެޑެލް
  • އަންހެނުންގެ 60 އަހަރުން މަތީގެ އުމުރުފުރާގައި ވާދަކުރި މޫމިނާ މުޙައްމަދު - 3000 މީޓަރާއި 1500 މީޓަރު ދުވުމުން ރަން މެޑެލް
  • އަންހެނުންގެ 55 އަހަރުން މަތީގެ އުމުރުފުރާގައި ވާދަކުރި ނާފިޒާ އަޙްމަދު (ނާފީ) - 400 މީޓަރު ދުވުމުން ރަން މެޑެލް

މި މުބާރާތުގައި ރާއްޖެއިން އިންޑިވިޖުއަލް ޕާފޯމަންސް އެންމެ ރަނގަޅު ފިރިހެން އެތުލީޓަކަށް ހޮވުނީ މުޙައްމަދު އާމިރެވެ. އަދި އިންޑިވިޖުއަލް ޕާފޯމަންސް އެންމެ ރަނގަޅު އަންހެން އެތުލީޓަކަށް ހޮވުނީ ނާފިޒާ އަޙްމަދު (ނާފީ) އެވެ.

ކިޔުންތެރިންގެ ހިޔާލު