ENGLISH

24 މޭ 2026

Advertisement

އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ވާދަކުރާ ޒުވާން ޓީމުތައް ލަންކާއަށް

24 މޭ 2026

އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ވާދަކުރާ ޒުވާން ގައުމީ ފިރިހެން ޓީމު --- ފޮޓޯ: އެމްބީއޭ

ފީބާ 18 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޒުވާން ބާސްކެޓްބޯޅަ ޓީމުތައް ސްރީ ލަންކާއަށް ހިނގައްޖެއެވެ.

ލަންކާގެ ވެރިރަށް ކޮލޮމްބޯގެ ސުގަތަދާސަ އިންޑޯ ސްޓޭޑިއަމުގައި މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 25-29 ގެ ނިޔަލަށެވެ. ކޮލިފައިންގައި ވާދަކުރުމަށް މިއަދުގެ ވަގުތެއްގައި ރާއްޖޭގެ އަންހެން އަދި ފިރިހެނުންގެ 18 އަހަރުގެ ދަށުގެ ބާސްކެޓްބޯޅަ ޓީމުތައް ވަނީ ލަންކާއަށް ގޮސްފައެވެ.

ކޮލިފައިންގެ ފިރިހެން ޑިވިޝަނުގައި ހަތަރު ގައުމެއް ވާދަކުރާއިރު، އެ ގައުމުތަކީ ރާއްޖޭގެ އިތުރުން ލަންކާ، އިންޑިއާ އަދި ބަންގްލަދޭޝެވެ. އަދި އަންހެން ޑިވިޝަނުގައި ތިން ގައުމެއް ވާދަކުރާއިރު، އެ ގައުމުތަކަކީ ރާއްޖޭގެ އިތުރުން ލަންކާ އަދި އިންޑިއާއެވެ.

އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ވާދަކުރާ ޒުވާން ގައުމީ އަންހެން ޓީމު --- ފޮޓޯ: އެމްބީއޭ

މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މާދަމާ އިންޑިއާއާ ދެކޮޅަށް ނުކުންނައިރު، 26 ވަނަ ދުވަހު ވާދަކުރާނީ ލަންކާއާ ދެކޮޅަށެވެ. އަދި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 27 ވަނަ ދުވަހެވެ.

އަދި މުބާރާތުގެ އަންހެން ޑިވިޝަނުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ލަންކާއާ ދެކޮޅަށް ނުކުންނައިރު، އިންޑިއާއާ ވާދަކުރާނީ މި މަހުގެ 27 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު