ENGLISH

25 މޭ 2026

Advertisement

ދިވެހި ޙާޖީން މިރޭ މިނާއަށް ދަތުރު ފަށާނެ، ދިވެހި ތާރީޚުގައި ވެސް ދިވެހި ޙާޖީންނަށް ލިބޭނެ އެންމެ މަތީ ޚިދުމަތް މި ފަހަރު

24 މޭ 2026

|

އަޙުމަދު ޙަމީދު

ދިވެހި ޙައްޖާޖީން --

މިރޭ މައްކާގަޑިން 9:30 ގައި ދިވެހި ޙާޖީން މިނާއަށް ދަތުރު ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ދިވެހި ޙާޖީންގެ މައުލޫމާތު ހިއްސާކުރައްވާ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ދިވެހި ޙާޖީން މިރޭ މިނާއަށް ދަތުރުފަށާނެ ކަމަށެވެ.

"ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެހައި ޙާޖީންނަށް ތައުފީޤު ދެއްވާށި. އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުންނަށް ހިއްވަރާއި ޢަޒުމާއި ހެޔޮ ސިއްހަތު ދެއްވާށި," ވަޒީރުގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ވަޒީރު ވިދާޅުވީ ދިވެހި ޙާޖީން މާދަމާ ރޭ ޢަރަފާތަށް ދަތުރު ފަށާނެ ކަމަށެވެ. އަދި ވިދާޅުވީ ދިވެހި ތާރީޚުގައި ވެސް ދިވެހި ޙާޖީންނަށް ލިބޭނެ އެންމެ މަތީ ޚިދުމަތާއި އެހީތެރިކަން ޙައްޖު ކޯޕަރޭޝަންއިން ދަނީ ދެމުން ކަމަށެވެ.

އަދި މިނާ އާއި ޢަރަފާތުގެ އިންތިޒާމުތައް ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ޙައްޖު މިޝަން އިން ދަނީ ޙާޖީންގެ ކަންކަން ވަރަށް ގާތުން ބަލަމުން ކަމަށާ ދިވެހި ސަރުކާރުން އަބަދުވެސް ޙާޖީންނަށް ގާތުން ޚިދުމަތް ދިނުމުގައި ދެމި އޮންނާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު