ENGLISH
20 އޭޕްރީލު 2025
ސުނާމީ ކާރިސާ އަށް 20 އަހަރު ފުރުމާ ދިމާކޮށް ޚާއްޞަ މަޢުރަޒު ބާއްވަން ނިންމާފައިވާކަމަށް، ނޭޝަނަލް ޑިސާސްޓާ މެނޭޖްމެންޓް އޮތޯރިޓީ އޮފް މޯލްޑިވްސް (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭ އިން އެކްސް އަށް ކުރި މި ޕޯސްޓުގައި ބުނެފައިވަނީ "2004 ސުނާމީ ކާރިސާއަށްފަހު ރާއްޖެ" ގެ ނަމުގައި ބާއްވާ މަޢުރަޒުގެ މަޤްސަދަކީ ސުނާމީއަށްފަހު ޤައުމު އަލުން ބިނާކުރުމަށް އެންމެން ގުޅިގެން ކުރި މަސައްކަތްތައް ހަނދާންކޮށް، ކާރިސާތަކަށް ވިލުންތެރި ރާއްޖެއެއް ބައްޓަންކުރަން ކުރެވޭ މަސައްކަތްތައް ދައްކާލަ ދިނުން ކަމަށެވެ.
މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހު 26 އިން 29 އަށް ކަމަށް ވެސް ބުނެފައިވެއެވެ.