ENGLISH

24 މޭ 2026

Advertisement

ޕީއެންސީގެ ކެންޑިޑޭޓް ސަޢީދުގެ ކެމްޕޭން ހިތަދޫ އުތުރުގައި ރަސްމީކޮށް ފަށައިފި

23 މޭ 2026

|

ޢަލީ ޝަހީމް

ސަޢީދުގެ ކެމްޕޭން ރަސްމީކޮށް އިފްތިތާޙްކުރުން. ބައި އިލެކްޝަން އޮންނާނީ ޖޫން 6 ގައި. ފޮޓޯ: އެމްއެމް

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، އަޙްމަދު ސަޢީދުގެ ކެމްޕޭން ރަސްމީކޮށް މިރޭ ފަށައިފިއެވެ. 

އައްޑޫގައި ފެށި ކެމްޕޭނުގައި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ސަޢީދުގެ ކެމްޕޭޓް ޓީމުގެ ބޭފުޅުންގެ އިތުރުން ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވިއެވެ. 

ޖަލްސާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕަރސަން އަބްދުއްރަޙީމް ޢަބްދުﷲ އާއި ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން ވަަޒީރު އަޙްމަދު ޝިޔާމް ވާހަކަފުޅުދައްކަވައިފައެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް އާއި ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު އަޒާން ވެސް ވަނީ ވާހަކަފުޅުދައްކަވައިފައެވެ. 

އައްޑޫ ސިޓީގައި ކުރިއަށްދިޔަ ކެމްޕޭން ހަރަކާތުގެ ތެރެއިން. ފޮޓޯ: އެމްއެމް

ބައި އިލެކްޝަނުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ސޯދިގު (ސޯބެ) އެވެ. 

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު އެވެ. 

ކިޔުންތެރިންގެ ހިޔާލު