ENGLISH

23 މޭ 2026

Advertisement

ހައްޖުގެ އަޅުކަން ފެށެން ދެ ދުވަސް: މައްކާއާއި މަދީނާއަށް ގަދަ ހޫނުގެ އިންޒާރު

23 މޭ 2026

|

އައިމިނަތު ޝަފާ

ހައްޖުވެރިން.

ހައްޖުގެ އަޅުކަން ފެށެން ދެ ދުވަހަށް ވެފައި ވަނިކޮށް، މައްކާ އާއި މަދީނާއަށް ގަދަ ހޫނުގެ އިންޒާރު ސައޫދީ އަރަބިއްޔާގެ މޫސުމާ ބެހޭ ގައުމީ މަރުކަޒު (އެންސީއެމް) އިން ނެރެފި އެވެ.

އެންސީއެމް އިން ބުނީ ހުކުރު ދުވަހު ސައުދީގެ އެކި ސަރަހައްދުތަކަށް ވައިގަދަވެ، ވެލީގެ ތޫފާނުގެ އަސަރުކުރާނެ ކަމަށެވެ. މިގޮތުން ނަޖްރާން، ރިޔާދު، ސައުދީގެ އިރުމަތީގެ އަވަށްތަކާއި، އަލް-ޖައުފް އަދި ތަބޫކްގެ ސަރަހައްދުތަކަށް ވެލީގެ ތޫފާނުގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެ އެވެ.

މީގެ އިތުރުން، ޖަޒާން، އަސީރު، އަލް-ބާހާ އަދި މައްކާގެ އުސް ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް ވެސް ބުނެފައި ވެއެވެ. 

ހައްޖުގެ މާތް އަޅުކަމަށް ތައްޔާރުވަމުންދާއިރު މައްކާގެ ފިނިހޫނުމިން 47 ޑިގްރީ ސެލްސިއަސް އަށް، މަދީނާގެ ފިނިހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށް އަރާނެ ކަމަށް އެންސީއެމް އިން ލަފާކުރެ އެވެ. ވައިގެ ތެތްކަން %40 އާ ހަމައަށް ހުންނާނެ ކަމަށް ވެސް ލަފާކުރެ އެވެ.

ކޮންމެ އަހަރެއްގެ ވެސް ހައްޖު މޫސުމާ ދިމާކޮށް މައްކާގެ ހޫނު މިން މައްޗައްދާތީ ހައްޖުވެރިންގެ ސަލަމާތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސައުދީ ސަރުކާރުން އަންނަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން ނެވެ. އެގޮތުން ހައްޖުވެރިން ހޫނުން ސަލާމަތްކުރުމަށް ސައުދީ ސަރުކާރުން މިހާރު ވެސް ވަނީ ހޫނު މަޑުކުރުމަށް ފެން ސްޕްރޭކުރާ ޒަމާނީ ނިޒާމުތަކެއް ހަރަމްފުޅުގެ ވަށައިގެން ހަރުކޮށްފަ އެވެ.

މި އަހަރުގެ ހައްޖުގައި 1.6 މިލިއަން ހައްޖުވެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު