ENGLISH
20 އޭޕްރީލު 2025
މޫސުން ވަރަށް ގޯސްވުމުން ސަމާލުވުމަށް އެން.ޑީ.އެމް.އޭ އިން އިލްތިމާސް ކުރައްވައިފި
21 ޑިސެމްބަރު 2024
|
މި ދުވަސްވަރަކީ، ވައިގަދަ އަދި ކަނޑުގަދަ ދުވަސްވަރަކަށްވުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް އެން.ޑީ.އެމް.އޭ އިން އެދިވަޑައިގެންފިއެވެ.
އެންޑިއެމްއޭއިން މިހެން ވިދާޅުވީ މި ދުވަސްވަރަކީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރަށް ވުމާއެކު ޢާންމުކޮށް ކޮޅިގަނޑުތައް އުފެދޭކަމަށް މެޓް އޮފީހުން ބުނެފައިވާ ދަނޑިވަޅެއްގައެވެ. އަދި ރާއްޖެއާ ކައިރީގައި ދެ ކޮޅިގަނޑެއް އުފެދިފައިވާތީ، މި ދުވަސްވަރު މޫސުން ގޯސްވާނޭ ކަމުގެ އިންޒާރު މީގެ ކުރިން މެޓް އޮފީހުން ވަނީ ދީފައެވެ.
މީގެއިތުރުން އެން.ޑީ.އެމް.އޭ އިން ސަމާލުވާން އެދިފައިވާ ކަންތައްތަކުގެ ތެރޭގައި، ގަދަ ވައިގެ ސަބަބުން އެއްލާލަފާނޭ ތަކެތި (ފުރާޅު، ގަސްމުށި) ބަނދެ ރައްކާތެރިކުރެއްވުމާއި، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުން ހިމެނެއެވެ.
މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައާ ގުޅޭގޮތުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނީ، ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެފައިވާތީ ކަމާގުޅޭ އިދާރާާތަކާ ގުޅިގެން އިޖާބަދިނުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.