ENGLISH

22 މޭ 2026

Advertisement

ލަންކާއަށް ދިއުމުގެ ކުރިން އީޓީއޭ ހުށަހަޅަންޖެހޭ ގޮތަށް ހަދައިފި

22 މޭ 2026

|

އައިމިނަތު ޝަފާ

ބަންޑާރަ ނައިކަ އިންޓަނޭޝަނަލް އެއާޕޯޓު.

ސްރީ ލަންކާއަށް ދިއުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) ހުށަހަޅަންޖެހޭ ގޮތަށް އަލުން ހަމަޖައްސައިފި އެވެ.

ލަންކާއަށް ދަތުރުކުރާ މީހުން އީޓީއޭ ހުށަހަޅަންޖެހޭ ގޮތަށް އޮތް އޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އުވާލާފައި އޮތުމަށް ފަހު މި މަހުގެ 25 އިން ފެށިގެން އަނެއްކާވެސް އީޓީއޭ ހުށަހަޅަންޖޭ ގޮތަށް ހަމަޖައްސާފައިވާކަން ހާމަކޮށްފައިވަނީ ރާއްޖޭގައި ހުންނަ ސްރީ ލަންކާ ހައި ކޮމިޝަނުން ނެރުނު ނޯޓިސްއެއްގަ އެވެ. 

ނޯޓިސްގައި ބުނީ ޓޫރިޒަމްގެ ބޭނުމަށް ލަންކާއަށްދާ ކޮންމެ ގައުމެއްގެ މީހެެއް ނަމަވެސް މި މަހުގެ 25 އިން ފެށިގެން އީޓީއޭ ހުށަހަޅަން ޖެހޭނެ ކަމަށެވެ. މި ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ eta.gov.lk ވެބްސައިޓުން ނެވެ. އަދި ދިވެހިންނަށް ކުރިން ވެސް އޮންނަ ގޮތަށް އިތުރު ފީއަކާނުލައި 90 ދުވަހުގެ ޓޫރިސްޓު ވިސާ ލިބޭނެ ކަމަށް ބުނެފައިވެއެވެ.

ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ހިލޭ އީޓީއޭ ލިބޭ ގައުމުތަކުގެ އަދަދު 40 އަށް އިތުރުކުރަން ލަންކާ ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. ނަމަވެސް އެކަން ތަންފީޒު ނުކުރެވި އޮތުމަށްފަހު، ލަންކާގެ ގާނޫނު ހަދާ މަޖިލީހުން ލިސްޓު އަލުން ފާސްކުރީ މި މަހުގެ ހަތްވަނަ ދުވަހު އެވެ. 

 

ކިޔުންތެރިންގެ ހިޔާލު