ENGLISH

20 އޭޕްރީލު 2025

Advertisement

ފުވައްމުލަކާއި އައްޑޫ އާ ދެމެދުގެ ކަނޑު ވަރަށް ގަދަވާނެތީ ޔެލޯ އެލާޓު

21 ޑިސެމްބަރު 2024

|

އަހުމަދު އަބްދުﷲ

ފުވައްމުލަކާއި އައްޑޫ އާ ދެމެދުގެ ކަނޑު ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް އެ ސަރަހައްދަށް ނެރުނު ޔެލޯ އެލާޓް ދަންމާލައިފި އެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ފުވައްމުލަކާއި އައްޑޫއަށް ޔެލޯ އެލާޓް އެންމެ ފުރަތަމަ ނެރުނީ މިއަދު މެންދުރުފަހު 3:00 އިން ފެށިގެން މިރޭ 7:00 އާ ހަމައަށެވެ. އޭރު ލަފާކުރީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހި އަދި ކަނޑުތައް ގަދަވާނެ ކަމަށެވެ.

މެޓް އޮފީހުން ވަނީ އެ ސަރަހައްދަށް ނެރުނު ޔެލޯ އެލާޓް ދަންމާލާފަ އެވެ. އެގޮތުން މިރޭ 11:00 އަށް  ގަޑިއަކު 25 މޭލާއި 30 މޭލާއ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހި އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ރާއްޖޭގެ ބޮޑު ސަރަަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފަ އެވެ. ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށެވެ.

މިރޭ 12:00 އާ ހަމައަށް ބ. އަތޮޅުން ގދ. އަތޮޅާ ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު