ENGLISH

20 އޭޕްރީލު 2025

Advertisement

ރަސްމީ ދަތުރުފުޅެއްގައި މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް އިންޑިއާއަށް ވަޑައިގަންނަވަނީ

21 ޑިސެމްބަރު 2024

|

އަހުމަދު އަބްދުﷲ

ޢަބްދުއްރަހީމް ޢަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ރަސްމީ ދަތުރެއްގައި އިންޑިއާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޢަބްދުއްރަހީމް އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަން ހާމަކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޕަބިތުރާ މާގެރިޓާ އެވެ.

ސްޓޭޓް މިނިސްޓަރު ވިދާޅުވީ ގުޅުން ބަދަހިކުރުމަށް ލޮކްސަބާގެ ސްޕީކާ އޯމް ބްރިލާގެ ދައުވަތަކަށް މަޖިލީހުގެ ވަފުދަކާއެކު އަބްދުއްރަހީމް އިންޑިއާ އަށް ވަޑައިގަންނަވާނީ ފެބްރުއަރީ 10 އިން 14 އަށް ކަަމަށެވެ. އެ ދަތުރުފުޅާ ގުޅޭ އިތުރު މައުލޫމާތެއް އޭނާ ހިއްސާއެއް ނުކުރައްވަ އެވެ.

ކިޔުންތެރިންގެ ހިޔާލު