ENGLISH

22 މޭ 2026

Advertisement

އަވަސް ފަރުވާދޭން ހޮސްޕިޓަލަށް ގެންދިޔަ ޤައިދީއަކު ފިލައިފި

21 މޭ 2026

|

ފާތުމަތު އަދާ

ހޮސްޕިޓަލުން ފިލާފައިވާ ގައިދީ/ފޮޓޯ:ކަރެކްޝަނަލް ސަރވިސް

އަވަސް ފަރުވާދޭން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ޤައިދީއަކު ފިލައިފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފިއެވެ.

ކަރެކްޝަނުން ބުނީ ފިލައިފައިވަނީ ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޛުކުރަމުންދިޔަ ހުސެއިން ޝަހްބާން، ޝަބްނަމް / ލ. މާބައިދޫ ކަމަށެވެ.

މީނާ ފިލުމާ ގުޅިގެން ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކަރެކްޝަނުން ދަނީ ކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ، ލަސްނުކޮށް 33322111 ނަމްބަރަށް ގުޅައި އެކަން އަންގާދެއްވުމަށް ކަރެކްޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު