ENGLISH
22 މޭ 2026
ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
21 މޭ 2026
|
ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުން/ފޮޓޯ:އެމްއެންޑީއެފް
އެންމެ މަޤްބޫލު
ރާއްޖޭގެ ސަރަހައްދުތަކަށް ހުނޅަގު މޫސުމުގެ ބާރުގަދަވެ، ކަނޑުތައް އާދަޔާހިލާފަށް ގަދަވެ ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުންނާއި ފުލުހުންގެ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
ކަނޑު ދަތުރުކުރާ ނަމަ މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތުގެ ހޯދުމަށާއި، އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރުމަށާއި، ދަތުރުކުރާނަމަ ލައިފްޖެކެޓުއެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން، ފުލުހުނާއި އެމްއެންޑީއެފްއިން ވަނީ މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމުގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.
ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ޑައިވިންގ އަދި ވޯޓަރ ސްޕޯޓްސް އިންތިޒާމުކުރާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއްދިނުމަށާއި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރެއްވުމަށް ދެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.