ENGLISH

20 އޭޕްރީލު 2025

Advertisement

ޕާސްޕޯޓް ހިފެހެއްޓި މީހުންގެ ތެރޭގައި ކުރީ ސަރުކާރުގެ ބައެއް ވެރިން ވެސް ހިމެނޭ

21 ޑިސެމްބަރު 2024

|

ހަސަން އާމިރު

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ކަމަށް ބުނެ ސައްޙަ ނޫން ލިޔުންތަކެއް ހުށަހަޅައިގެން ބައެއް ބިންތައް ވިއްކަން މަސައްކަތްކޮށްފައިވާ މައްސަލައިގެ ތަޙްޤީޤަށް ޕާސްޕޯޓް ހިފެހެެއްޓި 20 މީހުންގެ ތެރޭގައި ކުރީ ސަރުކާރުގެ ބައެއް ވެރިން ވެސް ހިމެނިއްޖެ އެވެ.

އޭގެ ތެރޭގައި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފްލެޓް ދޫކުރުމުގައި ކުރީގެ ސަރުކާރުގައި އެންމެ އިސްކޮށް އުޅުއްވި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އާއި ހަމަ އެ ސްކީމުގައި އިސްކޮށް އުޅުއްވި ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް، ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުޣާމް ވަޙީދު އަދި ހައުސިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި އަހުމަދު ވިޝާން ނަސީމް ހިމެނެ އެވެ. މި ހަތަރު މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަޙުޤީޤު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެންނެވެ.

ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންގެ ލިސްޓުގައި ނަން ނެތް ނަމަވެސް، ގޯތި ލިބުނުކަމުގެ ލިއުން ދިނީ ކުރީގެ ސަރުކާރުން ކަމަށް، ފުލުހުން ސުވާލުކުރި ބައެއް މީހުން ތަޙުޤީޤަށް ބަޔާން ދީފައިވާ ކަމަށް ފުލުހުން ބޭއްވި ނޫސް ކޮންފަރެންސްގައި ވަނީ ވިދާޅުވެފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ކަމަށް ބުނެ ސައްހަ ނޫން ލިޔުންތަކެއް ހުށަހެޅި މައްސަލާގައި ފުލުހުން ފަށާފައިވާ ޖިނާޢީ ތަޙުޤީޤުގައި ޕާސްޕޯރޓް ހިފެހެއްޓި 20 މީހުންގެ ތެރޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފަޒީލް ރަޝީދު ހިމެނެ އެވެ. އެޗްޑީސީގެ ޗެއާރމަން ފިޔަވަައި އެ ކުންފުނީގެ ކޯޑް މެންބަރުން ވެސް މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު