ENGLISH

21 މޭ 2026

Advertisement

ދަރަންވަންދޫ ޕޮލިހުން 400 އަށް ވުރެ ގިނަ ބަނގުރާ ނައްތާލައިފި

21 މޭ 2026

|

ހަނާން އަހުމަދު ނައީމް

ދަރަވަންދޫ ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ- ފޮޓޯ: ޕޮލިސް

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ބ. ދަރަވަންދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާތައް ނައްތާލައިފިއެވެ.

ފުލުހުން ބުނި ގޮތުގައި އިއްޔެ ދަރަވަންދޫ ޕޮލިހުން 400 އަށްވުރެ ގިނަ ބަނގުރާ ނައްތާލާފައިވެއެވެ. އެއީ 274 ފުޅި ބަނގުރަލާއި 198 ދަޅު ބަނގުރަލެވެ.

ނައްތާލެވިފައިވާ މި ބަނގުރަލަކީ 2024 ނޮވެމްބަރު 6 އިން ފެށިގެން 2026 އެޕްރީލް 30 ވަނަ ދުވަހާ ހަމައަށް ދަރަވަންދޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ ހިދުމަތުން އިތުރަށް ބުނީ، ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

މަސްތުވާތަކެތި ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތީގެ ތެރެއިން އެ މައްސަލައެއް ތަހުގީގު ކުރުމަށް ގާނޫނީ ގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރަށް ބެހެއްޓުމަށްފަހު ބާކީ ހުންނަ މަސްތުވާތަކެތި ވީއެންމެ އަވަހަކަށް ނައްތާލަންޖެހެއެވެ. 

ކިޔުންތެރިންގެ ހިޔާލު