ENGLISH
21 މޭ 2026
ގާދިއްފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ފައުންޑޭޝަނުގެ މަސައްކަތް ފަށައިފި
21 މޭ 2026
|
ގާދިއްފުށީ ފިޓްނަސް އެންޑެ ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރަނީ-- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ތ. ގާދިއްފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ފައުންޑޭޝަން އެޅުމަށް، ކޮންކްރީޓް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
ގާދިއްފުށީގައި އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ގާދިއްފުށީ ފިޓްނަސް އެންޑެ ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރަނީ-- ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 4005 އަކަފޫޓުގެ ސަރަހައްދެއްގައި ބިންގަނޑު ކޮނުމާއި މެޝިނަރީގެ މަސައްކަތާއި، ކޮންކްރީޓް މަސައްކަތާއި، ފުރާޅު ހަރުކޮށް ދަވާދުލުމުގެ މަސައްކަތް އެ ކުންފުނިން ކުރިއަށް ގެންދާނެ ކަމަށެވެ. މީގެ އިތުރުން ބޭރުފަރުމާކުރުންވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.
ސަރުކާރުން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 5.43 މިލިއަން ރުފިޔާއަށެވެ.
ކުރިއަށް އޮތް ދެ އަހަރު ތެރޭގައި މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ފިޓްނަސް ސެންޓަރުތައް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިފަދަ ސެންޓަރުތަކުގެ ބޭނުމަކީ، ދިވެހިންނަކީ ދުޅަހެޔޮކަމަށް ލޯބިކުރާ އެކަމަށް އަހުލުވެރިވެފައިވާ ބަޔަކަށް ހެދުމެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަމުންނެވެ.