ENGLISH
20 މޭ 2026
ހިމަބިހި ޖެހުނު މީހުންގެ އަދަދު ހަތަކަށް އަރައިފި
20 މޭ 2026
|
ހިމަބިހި ޖެހިފައިވާ ކުއްޖެއް --
އެންމެ މަޤްބޫލު
މި އަހަރުގެ މިހާތަނަށް ހިމަބިހީގެ ހަތް ކޭސް ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން މިއަދު ބުނީ މި އަހަރުގެ މިހާތަނަށް ހިމަބިހީގެ ހަތް ކޭސް ފެނިފައިވާ ކަމަށެވެ. އަދި މި ކޭސްތަކާއި ގުޅިގެން 74 އަށް ވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށެވެ.
މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަދި ވަކިން ހާއްސަކޮށް އަވަށްޓެރި ގައުމުތަކުގައިވެސް ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާ ދުވަސްވަރެއްކަމުން ހުން އައުމާއެކު ހަށިގަނޑުން ރަތް ތިކި ފެންނަން ފަށައިފިނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން މުހިއްމު ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
މި ބަލި ޖެހިއްޖެނަމަ ފުރަތަމަ ބިހިތައް ނަގާނީ މޫނާއި ކަރުގަ އެވެ. އެއަށްފަހު މޭމަތި، ބުރަކަށި،އަތުގައި އަދި ފައިގައި ބިހިތައް ނަގަ އެވެ.
ހިމަބިހި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އެޅުމުން ވައިގެތެރެއަށް ވައިރަސް ފެތުރިގެން ދިއުމުން، ބަންދު ތަނެއްގައި ނަމަ 2 ގަޑިއެއްހާއިރު ވަންދެން ވައިގެ ތެރޭގައި ހުންނާނެ އެވެ. އަދި ވައިރަސް އަސަރު ހުރި ތަނެއްގައި އަތްލުމަށްފަހު ލޮލާއި ނޭފަތާއި އަނގައިގައި އަތްލުމުން އެ ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ އެވެ.
މީގެއިތުރުން ބައްޔާއި ދެކޮޅަށް ދިފާއީ ބާރު ނެތް މީހުން އަދި މީސްލްސް ވެކްސިންގް 2 ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.
ހިމަބިހި ޖެހިފައިވާ މީހެއްގެ ފަރާތުން އެހެން މީހަކަށް ބަލި ފެތުރިގެން ދާނީ ބިހި ނެގުމުގެ 4 ދުވަސް ކުރިން އަދި ބިހި ނެގުމުގެ 4 ދުވަސް ފަހުންނެވެ.