ENGLISH
20 އޭޕްރީލު 2025
އެމްޑީޕީ ވެރިކަމެއްގައި ފަހަށް ވިސްނައިގެން ކަންކަން ކޮށްފައެއް ނުވޭ: އާދަމް ފާޒިލް
20 ޑިސެމްބަރު 2024
|
މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ފާޒިލް
އެމްޑީޕީގެ އެއްވެސް ވެރިކަމެއްގައި، ޚާއްސަކޮށް ފާއިތުވި ފަސް އަހަރުގެ ވެރިކަމުގައި، ފަހަށް ވިސްނައިގެން ކަންކަން ކޮށްފައި ނުވާ ކަމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ފާޒިލް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި މިރޭ ވާހަަކަ ދައްކަވަމުން އޭނާ ފާހަގަ ކުރެއްވި ގޮތުގައި އެމްޑީޕީ ވެރިކަމުގައި ބޮޑެތި އަދަދު ތަކުން ލޯނު ނަގާފައި ވަނީ ރިޓާން ލިބޭ ގޮތަށް ނުވުމާއި މާބޮޑު ޒިންމާތަކެއް ނެތް އެތައް ހާސް ބަޔަކަށް ވަޒީފާތައް ދިނުމާއި ވަގުތީ ފައިދާއަށް ކަންކަން ކޮށްފައި ވުމަކީ އެމްޑީޕީ ސަރުކާރުގެ ޒިންމާދާރުކަން ކުޑަ އަމަލުތަކެވެ.
"މި ގޮތަށް ކަންކަން ކުރީމަ ކުރިއަށް އަންނަން ހުރި ސަރުކާރަކަށް ލޯޑް އަންނާނީ. އެބޭފުޅުން (އެމްޑީޕީ) ގަބޫލު ނުކުރައްވާ ކަންނޭނގެ ފަސް އަހަރަށްވުރެ ގިނައިން ވެރިކަމުގައި ހުރެވޭނެ ކަމަށް ވެސް. އެހެންވީމާ އެފަސް އަހަރު ތެރޭގައި އެ ބޭފުޅުންނަށް ހެދުނު އެއްޗެއް ހަދާފައި ދެން އަންނަ ބަޔަކަށް އުނދަގޫ އުފުލަން ޖެހޭނެ ގޮތަކަށް ކަންކަން ކޮށްފައި ހުރީ،" އާދަމް ފާޒިލް ވިދާޅިވިއެވެ. "ކުރެއްވި ހުރިހާ ކަމެއްވެސް އޭގެ ޒާތުގައި އެގޮތަށް ހުރީ."
އޭނާ ތަކުރާރުކޮށް ވިދާޅުވީ އެމްޑީޕީން ވެރިކަން ކުރަމުން ގެންގޮސްފައި ވަނީ ވަގުތީ ގޮތުން ލިބޭ މަންފާއަކަށް ވިސްނައިގެން އެކަނި ކަމަށެވެ.
"މުސްތަގުބަލަށް ވިސްނާފައެއް ނެތޭ. ގައުމަށް ދެން ވާނެ ގޮތަށް ވިސްނަވާފައެއް ނެތޭ. މި ގޯތި ދިނުން ކަމަށް ބެލިއަސް އެގޮތަށް ހުރީ. ފްލެޓްތައް ބަހާލުންވެސް ހަމަ އެގޮތަށް ހުރީ. އެވަގުތެއްގައި އެހާލަތެއްގައި ނެގެން އޮތް ފައިދާއެއް ނެގުމަށްޓަކައި، ފަހުން ދެން ނިކުންނަށް އޮތް ނަތީޖާ، ނުކުމެދާނެ ނަތީޖާއަކާ ދޭތެރޭ ޚިޔާލުވެސް ނުކުރައްވާ. އެހާ ދޯދިޔާކޮށް އިނގޭތޯ،" އެމްޑީޕީ ސަރުކާރުން ކަންކަން ކޮށްފައިވާ ދޯދިޔާ ގޮތްތައް ތަފްސީލްކޮށްދެއްވަމުން އޭނާ ވިދާޅުވިއެެވެ.