ENGLISH
20 މޭ 2026
ސަމާލުވޭ! ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ
20 މޭ 2026
|
މޫސުން ގޯސް ދުވަހެއްގައި ކަނޑުމަތިން، ފޮޓޯ: ފައިލް
އެންމެ މަޤްބޫލު
ކުރިއަށް އޮތް 24 ގަޑި އިރު އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ މީހުން ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފި އެވެ.
އެ އިދާރާއިން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެން ވާކަމަށެވެ. ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކޮށްފައި ވެއެވެ.
ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރާއިރު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ.
ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ކަނޑުދަތުރުކުރާ މީހުން ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު އެންމެ ގިނައިން ވާރޭވެހުނުކަމަށް ރެކޯޑުކުރެވިފައިވަނީ ޅ. އޮޅުވެލިފުއްޓަށެވެ. އެއީ 11.4 މިލިމީޓަރުގެ ވާރެ އެވެ. އަދި އެންމެ ވައިގަދަވީކަމަށް ރެކޯޑުކުރެވިފައިވަނީ ބ.ދަރަވަންދޫ އަށެވެ. ވިލާގަނޑުގައި ދަރަވަންދުއަށް 38 މޭލު ބާރުމިނުގައި ވައިޖެހިފައިވާކަމަށް ރެކޯޑުކުރެވިފައި ވެއެވެ.