ENGLISH
05 ޖުލައި 2025
ސަރުކާރެއްގެ މައިގަނޑު ސިޔާސަތުތައް ކައުންސިލްތަކުން ތަންފީޒުކުރާ މިންވަރު ބެލުމަކީ މުޙިންމު ކަމެއް: ޑރ. އަބްދުﷲ ޚަލީލް
20 ޑިސެމްބަރު 2024
|
ރޭގެ ހަފުލާގައި ފޮރިން މިނިސްޓަރ ޚަލީލް ވާހަކަ ދައްކަވަނީ. --ފޮޓޯ:ޕީއެސްއެމް
ސަރުކާރެއްގެ މައިގަނޑު ސިޔާސަތުތައް ކައުންސިލްތަކުން ތަންފީޒުކުރާ މިންވަރު ބަލާލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޚާރިޖީ ވަޒީރު، ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު އަބްދުﷲ ޚަލީލް މިހެން ވިދާޅުވި ކައުންސިލްތަކުގެ ކުރިއެރުންތައް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކު ދެމުން އަންނަ "ކަންގަތި އެވޯޑް" ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދައުލަތެއް ހިންގަމުންދާއިރު ދައުލަތެއްގެ މައިގަނޑު ސިޔާސަތުތައް އެކުލަވާލާ ތަންފީޒުކޮށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެންމެ ބޮޑު ދައުރެއް އޮންނާނީ އެ ދައުލަތެއް ހިންގާ ސަރުކާރު ކަމަށް ޚަލީލް ފާހަގަކުރެއްވިއެވެ. އެހެންކަމުން މިކަމާ ގުޅޭ އިންޑެކްސްއެއް ތަޢާރަފްކޮށް އެ އިންޑެކްސްގެ ތެރެއިން މާކްސް ދެވި ވަނަތައް ހޮވޭނެ އިންތިޒާމްތަކަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްގެ އެވޯޑް މިފަހަރު ކާމިޔާބުކުރީ އަރި އަތޮޅު އުތުރުބުރި ބޮޑުފޮޅުދޫ ކައުންސިލުންނެވެ. މިއީ ރާއްޖޭގެ އެންމެ ހިންގުންތެރި ކައުންސިލްގެ އެވޯޑު އެރަށު ކައުންސިލުން ހޯދި ހަތަރުވަނަ ފަހަރެވެ. އެންމެ ހިންގުންތެރި އަތޮޅު ކައުންސިލްގެ އެވޯޑް ހާސިލުކޮށްފައި ވަނީ ލ. އަތޮޅު ކައުންސިލެވެ.