ENGLISH

20 އޭޕްރީލު 2025

Advertisement

މުސްލިމުން ކްރިސްމަސް އިޙުތިފާލުތަކުގައި ބައިވެރިވުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން: ޚުތުބާ

20 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

މުސްލިމުން ކްރިސްމަސް ފާހަގަކުރުމާއި މި އިޙުތިފާލުތަކުގައި ބައިވެރިވުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫންކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ކްރިސްމަސް ގަހާއި ސެންޓަ ކްލޯސް ފަދަ ނަޞާރާއިން އެ މީހުންގެ ދީނަށް ނިސްބަތްކޮށް، ކުރާ ކަންތައްތައް މި ޢީދުގެ ތެރޭގައި ހިމެނޭނެކަން ފާހަގަކޮށް ޚުތުބާގައި ބުނެފައި ވަނީ އަހުރެމެންގެ އިސްލާމް ވަންތަކަމާއި ދީނީ ޝަޚްސިއްޔަތު ދެމެހެއްޓުމަކީ، އިސްލާމީ ޝަރީޢާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ "ޣައިރު ދީންތަކުގެ ޝިޢާރުތައް ފާޅުކުރުން" މި މައުޟޫއުގެ މައްޗަށެވެ.

ޝަރީޢާއަކީ ދީނުގެ ކަންތައްތަކުގެ ތެރެއިން އެ ކަންތަކުގައި ހިފަހައްޓާން މާތްﷲ އަމުރުކުރައްވައިފައިވާ އެންމެހައި ކަންތައްތައް ކަމާއި މާތްﷲ ގެ ޝަޢީރާތަކަށް މާތްކޮށް ހިތުމަކީ އެ ޝަޢީރާތަކަށް އަހުރެމެންގެ ހިތްތަކުގައި މަތިވެރި މަގާމު ދިނުމާއި، އެ ކަންތައްތައް ޝައުގުވެރިކަމާއި ލޯތްބާއެކު ކުރުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ، އަޅުކަމުގެ ގޮތުން ކުރެވޭ ކަންކަމުގައި އެހެން ބަޔަކު ކޮޕީކުރުމަކީ ނުވަތަ އެހެން ބަޔަކާ އެއް ގޮތަށް ޢަމަލު ކުރުމަކީ އިސްލާމީ އުންމަތުގެ ޝަޚްޞިއްޔަތު ފުނޑުފުނޑުވެ، މި ދީނުގެ އަމިއްލަ ވަންތަކަން ގެއްލޭނެ ކަމެއް ކަމަށެވެ. އަދި ހުރިހާ ދަންނަބޭކަލުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ޢަޤީދާގެ ކަމެއްކަމުގައި ވިޔަސް، އަޅުކަމުގެ ކަމެއް ކަމުގައި ވިޔަސް، އަޚުލާގުގެ ކަމެއް ކަމުގައި ވިޔަސް، މުސްލިމުން އެއްވެސް ކަމެއްގައި ޣައިރު ދީންތަކުގެ މީހުންނާ އެއްގޮތަށް އުޅެގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.

ދީނާ ޚިލާފު ފިކުރުތަކުގެ އަހުލުވެރިން މުސްލިމުންގެ ހިތްތަކަށް ވެރިވެގަތުމަށްޓަކައި ތަފާތު ދަޅަތަކާއި މަޅިތައް ޖަހައިގެން މުސްލިމުން އެ މީހުންގެ ޢަޤީދާ އާއި ދީން މަނާކުރާ ކަންތައްތަކުގެ ތެރެއަށް ވައްޓާލުމަށް މަސައްކަތް ކުރާނެ ކަމަށް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އަދި އެ މީހުންނަށް ތަބާވެއްޖައުމަށް ދާންދެން އެ މީހުން އެ މަސައްކަތް ހުއްޓައިނުލާނެކަން މާތްﷲ ވަނީ އަންގަވާފައިވާކަން ޚުތުބާގައި ވަނީ ބަޔާންކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު