ENGLISH
20 އޭޕްރީލު 2025
ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް މެދުކަނޑާލައިފި
20 ޑިސެމްބަރު 2024
|
"ސީމެކްސް" ބޯޓު
އައްޑޫން ފުރައިގެން މާލެ ދަތުރުކުރި "ސީމެކްސް" ބޯޓުން ގެއްލުނު ބިދޭސީ ފަޅުވެރިޔާ އަދިވެސް ނުފެންނަ ކަމަށާއި އެ މީހާ ހޯދުމުގެ މަސައްކަތް މި ވަގުތަށް މެދުކަނޑާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ގެއްލުނު މީހާ ހޯދުމަށް މި މަހުގެ 17 އަދި 18 ވަނަ ދުވަހު 304 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފައިވާ ކަމަށް ޤައުމީ ދިފާއީ ބާރުން ވިދާޅުވިއެވެ. އަދި 19 ވަނަ ދުވަހު ފުވައްމުލަކުގެ ވަށައިގެން ބަލައިފައިވާ ކަމަށާއި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ކަނޑުމަގުން ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި ރާޖު ކުމާރު ނަމަކަށް ކިޔާ ނޭޕާލް މީހާ ބޯޓުގައި ނެތްކަން އެނގުނީ އެބޯޓު އައްޑު އާއި ފުވައްމުލަކާ ދެމެދު ކަނޑުމަތީގައި އޮއްވާ ފުވައްމުލަކާ 8 މޭލު ދުރުންނެވެ.
އެ ބޯޓު އައްޑޫން ފުރީ ހޯމަ ދުވަހުގެ ރޭ 11:30 ހާއިރެވެ. ބޯޓު ފުރިއިރު އޭގައި ރާޖު ކުމާރު ހުރި ކަމަށާއި އެރޭ މެންދަމު 1:15 ހާއިރު ބޯޓުގެ ކެޕްޓަންއާ އޭނާ ވާހަކަ ދެއްކި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.