ENGLISH

20 މޭ 2026

Advertisement

ކަޅުބިލަމަހުގެ މަސްވެރިން ބޭނި މަހަށް 1.5 މިލިއަން ރުފިޔާ ދޫކޮށްފި

19 މޭ 2026

|

އާމިނަތު ނުޒްލާ

މި މަހު 17 ވަނަ ދުވަހު ކިރުވި މަހަށް މިފްކޯއިން 1.6 މިލިއަންއަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް މިއަދު ދޫކޮށްފި އެވެ.

ސަރުކާރުގެ މަސްކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 36 އުޅަނދަކަށް 1،608،000 (އެއް މިލިޔަން ހަ ލައްކަ އަށް ހާސް ރުފިޔާ) ރުފިޔާ ވަނީ އިއްޔެ ދޫކޮށްފަ އެވެ. މި ފައިސާއަކީ އެ ކުންފުންޏަށް، މި މަހުގެ 17 ވަނަ ދުވަހު ކިރުވި މަހަށްވާ ފައިސާ އެވެ.

މިފްކޯއިން ބުނީ 17 ވަނަ ދުވަހު ކަޅުބިލަމަސް ކިރުވި 30 ދޯންޏަކަށް 1،513،295 (އެއްމިލިޔަން ފަސްލައްކަ ތޭރަ ހާސް ދުއިސައްތަ ނުވަދިހަ ފަސް ރުފިޔާ) ޖަމާކޮށްފައިވާ ކަމަށެވެ.

ދިހަ ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ހަތް ދޯންޏަކަށް 3180 (ތިން ހާސް އެއްސަތޭކަ އަށްޑިހަ ރުފިޔާ) ޖަމާކޮށްފައިވެ އެވެ. އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 15 ދޯންޏަކަށް ޖަމާކޮށްފައިވަނީ 91،525 (ނުވަދިހަ އެއް ހާސް ފައްސަތޭކަ ފަންސަވީސް ރުފިޔާ) އެވެ.

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ވަޢުދާ އެއްގޮތަށް ސަރުކާރުން މިހާރު އަންނަނީ މަސްވެރިން، ބާނާ މަހަށް ފައިސާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު