ENGLISH
19 މޭ 2026
ށ.ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ތެރެއިން ބުންޑު ވޯލް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ
19 މޭ 2026
|
ށ.ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ތެރެއިން/ފޮޓޯ:އެމްޓީސީސީ
އެންމެ މަޤްބޫލު
ށ.ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ސައިޓުގައި މިހާރު ކުރިއަށްދަނީ ބުންޑު ވޯލް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން 21،023 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 670 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭކަމަށެވެ.
މި މަޝްރޫއަކީ 2023 ވަނަ އަހަރު ފުނަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި އެ ރަށުގެ ދެކުނު ފަރާތުންނާއި، އަދި ހުޅަނގު ދެކުނު ފަރާތުން ކުރިމަތިވަމުންދާ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން 18.56 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ އިތުރުން އެ ރަށުގައި ޓިވެޓް ސެންޓަރެއްވެސް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.