ENGLISH

19 މޭ 2026

Advertisement

ހައްޖުވެރިން ފުރުވާލުމުގެ މަސައްކަތް އެމްއޭސީއެލްއިން ކާމިޔާބުކަމާއެކު ނިންމާލައިފި

19 މޭ 2026

|

އާމިނަތު ނުޒްލާ

ހައްޖުވެރިންނަށް އެހީތެރިވެދިނުމުގައި އެމްއޭސީއެލްގެ މުވައްޒަފުން ހަރަކާތްތެރިވަނީ-- ފޮޓޯ: އެމްއޭސީއެލް

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް، ހަމަޖެހިފައިވާ ހުރިހާ ޙައްޖާޖީން ފުރުވާލުމުގެ ކާމިޔާބު މަސައްކަތް، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ފުރިހަމަކޮށްފި އެވެ.

އެމްއޭސީއެލްއިން މިއަދު އާއްމުކުރި ބަޔާނުގައި ބުނީ، މި މަސައްކަތް މިހާ ފުރިހަމަކޮށް ކުރިއަށް ގެންދެވުނީ އެ ކުންފުނީގެ އިތުރުން އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއާ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އިތުރުން ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ކުރެވުނު މަސައްކަތުން ކަމަށެވެ. އެގޮތުން އެ ކުންފުނިން ފާހަގަކޮށްފައިވަނީ މިފަހަރު ހުރިހާ އިންތިޒާމްތަކެއްވެސް ރާވާލައިގެން ކުރިއަށް ގެންދެވިފައިވާ ފުރިހަމަކަމެވެ.

މީގެ އިތުރުން އެމްއޭސީއެލް އިން ވަނީ އެ ކުންފުނީގެ މެނޭޖްމަންޓާއި، ޕެސެންޖަރ ސާރވިސް މުވައްޒަފުންނާއި، ޓާމިނަލް ސާރވިސްގެ މުވައްޒަފުންނާއި، އެސްޓޭޓް ސެކިއުރިޓީ ސާރވިސްގެ ވުވައްޒަފުންގެ އިތުރުން ހުރިހާ މުވައްޒަފުން ގުޅިގެން ފުރިހަމަ އަދި ތަރުތީބު ތައްޔާރީތަކެއް ހަމަޖައްސައިދެވުނުކަން ފާހަގަކޮށްފަ އެވެ.

މި ތައްޔާރީތަކުގެ ތެރޭގައި، ވޯޓާ ފްރަންޓް އިމާރާތުގައި ޙައްޖާޖީންނަށް ހުކުރު ނަމާދުކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމާއި، ކުރީގެ ޑޮމެސްޓިކް ޓާމިނަލްގައި ހައްޖުވެރިންނާއި އާއިލާތަކަށް މަޑުކޮށްގެން ތިބުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ހައްޖުވެރިންނަށް ބޭނުންވާނެ ފެން ފޯރުކޮށްދިނުމާއި، ވުޟޫކުރުމަށް ފަސޭހަ އިންތިޒާމުތައް ހަމަޖެއްސުން ހިމެނޭކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.

އެހެންކަމުން މި އަހަރު ރާއްޖެއިން މައްކާއަށް ދިޔަ ހާޖީންނަށް، ފުރިހަމަ ހިދުމަތެއް ދިނުމަށް އެ ކުންފުންޏަށް ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް އެކުންފުނިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.  

ކިޔުންތެރިންގެ ހިޔާލު