ENGLISH

19 މޭ 2026

Advertisement

މިއަހަރު ޙައްޖުވެރިންގެ ފަހު ފްލައިޓް ފުރައިފި

19 މޭ 2026

|

އާމިނަތު ނުޒްލާ

ހައްޖުވެރިންނަށް މައްކާއިން މަރުހަބާކިޔުން-- ފޮޓޯ: އިސްލާމީކަންތައްތަކާއި އައުޤާފާއި ބެހޭ ވުޒާރާ

މި އަހަރުގެ ޙައްޖުގެ އަޅުކަމަށްދާ ދިވެހި ހައްޖުވެރީންގެ ފަހު ފްލައިޓް ފުރައިފި އެވެ.

ހައްޖުވެރިންގެ ފަހު ފްލައިޓްގައި 253 ޙައްޖުވެރިން، މޯލްޑިވިއަންގައި މައްކާ އަށް ދާނެ އެވެ. ފްލައިޓް ފުރާފައިވަނީ މިއަދު ހެނދުނު 9:45ގަ އެވެ. 

އިއްޔެ މައްކާއަށް ދިޔަ ތިންވަނަ ފްލައިޓުގެ ޙައްޖުވެރިންނަށްވެސް ހޫނު މަރުޙަބާއެއް، ދިވެހި ޙައްޖު މިޝަނާއި، ޙައްޖު ކޯޕަރޭޝަނުން ކިޔާފައިވެ އެވެ. 

މިއަހަރުވެސް ދިވެހި ޙައްޖުވެރިން ދަތުރުކުރަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ނެވެ. މީގެ ސަބަބުން ޙައްޖުވެރިންގެ ދަތުރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭކަން ފާހަގަކޮށްލެވެ އެވެ.

މިއަހަރަކީވެސް ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތްތަކެއް ދެވިގެންދާނެ އަހަރަކަށް ހެދުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އަދި ޙައްޖު ކޯޕަރޭޝަން ގުޅިގެން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު